ކުށުގެ ވެށީގަ އެންމެ ގިނައިން އުޅެނީ އާއިލާ ރޫލިފައިވާ ކުދިން

ކުށުގެ ވެށީގައި މިއަހަރު އުޅެފައިވާ ކުދިން ތެރޭގައި ގިނައީ އާއިލާ ރޫޅިފައިވާ ކުދިން ކަމަށް ޑިޕާޓްމެންޓު އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އިން ހާމަކޮށްފި އެވެ. ޑީޖޭޖޭއިން ވަނީ މިއަހަރުގެ ފުރަތަމަ ހަ މ...

09 Nov 2021 | 16:48

ކުށުގެ ވެށީގައި މިއަހަރު އުޅެފައިވާ ކުދިން ތެރޭގައި ގިނައީ އާއިލާ ރޫޅިފައިވާ ކުދިން ކަމަށް ޑިޕާޓްމެންޓު އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އިން ހާމަކޮށްފި އެވެ.

ޑީޖޭޖޭއިން ވަނީ މިއަހަރުގެ ފުރަތަމަ ހަ މަ އެ އިދާރާއަށް ހުށަހެޅުނު މައްސަލަތަކުގެ ތަފާސް ހިސާބު އާންމުކޮށްފަ އެވެ.

ޑިޖޭޖޭގެ ތަފާސް ހިސާބު ދައްކާގޮތުން ކުޑަކުދިންގެ މައްސަލަތަކުގެ ތެރެއިން، އެ ކުދިންގެ އާއިލާގެ ހާލަތަށް ބެލިއިރު، 37 ޕަސެންޓަކީ އާއިލާ ރޫޅިފައިވާ އާއިލާތަކަށް ނިސްބަތްވާ ކުދިންނެވެ. އަދި ޝަރުއީ ބައްޕަ ނެތް 14 ޕަސެންޓް ކުދިންގެ މައްސަލަތައް ހުށަހަޅާފައިވެ އެވެ.

ގުޅިފައިވާ އާއިލާތަކަށް ނިސްބަތްވަނީ މައްސަލަަކުގައި ހިމެނޭ 20 ޕަސެންޓް ކުދިންނެވެ.

މިއަހަރުގެ ފުރަތަމަ ހަ މަހުގެ ތަފާސް ހިސާބު އެގޮތަށް ދެއްކިޔަސް ޑީޖޭޖޭއިން ބުނެފައިވާ ގޮތުގައި 2011 އިން 2018އަށް ކުށުގެ ވެށީގައި އެންމެ ގިނަ ކަމަށް ފާހަގަވެފައި ވަނީ ގުޅިފައިވާ އާއިލާތަކަށް ނިސްބަތްވާ ކުދިންނެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު، ޑީޖޭޖޭ އަށް، 18 އަހަރާއި 15 އަހަރާ ދެމެދުގެ ކުޑަކުދިންގެ 88 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އެކަމަކު އެއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅާބަލާއިރު 177 ކުދިންގެ އަދަދުގެ މަދުވުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް