ކޮޕް26 ގައި އެއްބަސްވި ކަންކަން ވިލަރެސްކުރުމުގެ ޒިންމާ މިނިސްޓަރ ޝައުނާއަށް ހަވާލުކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސްކޮޓްލޭންޑުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮޕް26 ބައްދަލުވުމުގެ އެ މަސްއޫލިއްޔަތު މިނިސްޓަރު ޝައުނާއާ ހަވާލުކުރެއްވީ އެ ސަމިޓުގެ ރިޔާސަތު ބަލަހައްޓަވާ އަލޯކް ޝަރުމާ ކަމަށެވެ.
https://twitter.com/MvSpokesperson/status/1457991341288267783
މި މަސައްކަތުގައި މިނިސްޓަރު ޝައުނާއާއެކު ސްޕެއިންގެ ނައިބު ރައީސް އަދި އިކޮލޮޖިކަލް ޓްރާންސިޝަން މިނިސްޓަރު ޓެރޭސާ ރިބެރާ ވެސް މަސައްކަތް ކުރައްވާނެ އެވެ.
"އެ ދެބޭފުޅުންގެ މައިގަނޑު މަސައްކަތަކަށް ވާނީ، 2015 ވަނަ އަހަރު އެކުލަވާލި ޕެރިސް އެގްރީމެންޓުގެ ދަށުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ހާސިލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ އޮނިގަނޑެއް އެކުލަވައިލުމާއި އެކަމުގެ އެއްބަސްވުމެއް އެކުލަވައިލުން." މަބްރޫކް ވިދާޅުވި އެވެ.
މި ނޮވެމްބަރ މަހުގެ އެއްވަނަ ދުވަހު ފަށާފައިވާ ކޮޕް26ގެ ބޭނުމަކީ ވެސް ދުނިޔޭގެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ ތިރީގައި ހިފެހެއްޓުމަށް ގައުމުތަކުން ކުރާނެ ކަންކަން ކަނޑައެޅުމެވެ. އަދި އެކަމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުން އެއްބަސްވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް