ވިޔަފާރި ތަރައްގީކޮށް ތަޖުރިބާ ހިއްސާކުރުމަށް އެމްޕީއެލް އިން މެލޭޝިޔާގެ ނޯތުޕޯޓާއެކު އެެއްބަސްވެއްޖެ އެވެ.
މިކަމުގެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޝާހިދު އަލީ އެވެ. ނޯތްޕޯޓް (މެލޭޝިއާ) ގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ދާތޯ އަޒްމާން ޝާހް މޮހްދު ޔުސޯފް އެވެ.
މި އެއްބަސްވުމާއިގުޅޭގޮތުން އެމްޕީއެލްއިން ބުނީ ޕޯޓް މެނޭޖްމަންޓާއި ކޮންޓެއިނަރ ހޭންޑްލިންގ އާއި ކޮންވެންޝަނަލް ކާގޯ ޚިދުމަތާއި ގުޅޭގިތުން މައުލޫމާތު ހިއްސާކުރާނެ ކަމަށވެ. އަދި ޕޯޓް އޮޕަރޭޝަންސްއާ ގުޅުންހުރި ދާއިރާތަކުން އިންޑަސްޓްރީ އާއި ވިޔަފާރީގެ ތަޖުރިބާ އާއި ގާބިލުކަމާއި އިލްމާއި އެކި ވަސީލަތްތައް ވެސް މި އެއްބަސްވުމުގެ ދަށުން ހިއްސާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ޖޮއިންޓް ބިޒްނަސް ޑިވެލޮޕްމަންޓާއި ތަމްރީން ކުރުމާއި އިކުއިޕްމަންޓް މެއިންޓެއިންގ ކުރުމުގައި ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް މި އެއްބަސްވުމުގައިވާ ކަމަށް ވެސް އެމްޕީއެލް އިން ބުނެއެވެ.
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފުންނަށް ފާހަގަކޮށްލެވޭ ދުވަހެއް ކަމަށާއި ޕޯޓް މެނޭޖްމަންޓާއި އޮޕަރޭޝަންސްގެ ދާއިރާއިން ތަޖުރިބާ އާއި ގާބިލުކަން އިތުރުވުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ. އަދި ވަސީލަތްތަކާއި އިންޑަސްޓްރީގެ މައުލޫމާތު ހިއްސާކުރުމަށް މެލޭޝިޔާގެ ނޯތުޕޯޓް އާއެކު ސޮއިކުރެވުމަކީ ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ނޯތުޕޯޓްގެ ސީއީއޯ ދާތޯ އަޒްމާން ޝާހް މޮހްދް ޔޫސުފް ވިދާޅުވީ ތަޖުރިބާ ހިއްސާކުރުމުގެ އިތުރުން އެތައް ފުރުސަތުތަކެއް މި އެއްބަސްވުމުގެ ދަށުން ފަހިވެގެންދާނެ ކަަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް