އިންޑިއާއަށް ކުރާ ދަތުރެއްގައި ރާއްޖޭގެ ޒުވާނުންގެ ވަފުދެއް މާދަމާ ފުރަނީ

އިންޑިއާއަށް ކުރާ ދަތުރެއްގައި ރާއްޖޭގެ ޒުވާނުންގެ ވަފުދެއް މާދަމާ ފުރާނެ ކަަމަށް ޔޫތް މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން ބުނީ 14 ދިވެހި ޒުވާނުންގެ ވަފްދެއް އިންޑިއާއަށް މާދަމާއިން ފެށިގެން މި ...

09 Nov 2021 | 15:35

އިންޑިއާއަށް ކުރާ ދަތުރެއްގައި ރާއްޖޭގެ ޒުވާނުންގެ ވަފުދެއް މާދަމާ ފުރާނެ ކަަމަށް ޔޫތް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ 14 ދިވެހި ޒުވާނުންގެ ވަފްދެއް އިންޑިއާއަށް މާދަމާއިން ފެށިގެން މި މަހުގެ 17 ވަނަ ދުވަހަަށް އިންޑިއާއަށް ކުރާ މި ދަތުރަކީ އިންޑިޔާ އާއި ރާއްޖޭގެ އިންޓަރނެޝަނަލް ޔޫތް އެކްސްޗޭންޖް ޕްރޮގްރާމްގެ (އައި.އީ.ވައި.ޕީ) ދަށުން އިންޑިއާގެ މިނިސްޓްރީ އޮފް ޔޫތް އެފެއަރޒް އެންޑް ސްޕޯޓްސް އިން ރާވާފައިވާ ދަތުރެއް ކަމަށެވެ.

މިވަފްދު ވަނީ އިންޑިއާ ހައިކޮމިޝަންގެ "ޗާޖް ޑެ އެފެއަރޒް" ރޯހިތް ރަތިޝް އާއި މިއަދު ބައްދަލު ކޮށްފަ އެވެ. މީގެ ކުރިން 2018 މާރޗް މަހުގެ 15 އިން 22 ގައި ވެސް އައި.އީ.ވައި.ޕީ ގެ ދަށުން ވަނީ ޒުވާނުންގެ ވަފްދެއް އިންޑިއާއަށް ޒިޔާރަތްކޮށްފަ އެވެ.

މިދަތުރުގައި އިންޑިއާގެ ނިއުދިއްލީ، އުދައިޕޫރް އަދި އާގްރާ ހިމެނޭ ގޮތަށް އެކި ސިޓީތަކަށް ޒިޔާރަތް ކުރާނެ އެވެ.

މީގެ ތެރޭގައި އެގްރިކަލްޓަރ ޔުނިވަރސިޓީއަކަށް ޒިޔާރަތްކޮށް ސައިންޓިސްޓުން އަދި ދަރިވަރުންނާއި ބައްދަލުކޮށް ތަފާތު ޒަމާނީ ދަނޑުވެރިކަމުގެ އުކުޅުތަށް އަދި ވަސީލަތްތައް ދަސްކުރުމާއި އިންޑިއަން އިންސްޓިޓިއުޝަަން އޮފް މެނޭޖްމަންޓްގެ ވިޔަފާރިވެރިންނާއި ބައްދަލުކޮށް އިންޑިއާގެ ޒުވާނުންގެ ވިޔަފާރީތަކާއި އިންޑިއާގެ ސްޓާޓް އަޕް އިކޯސިސްޓަމްގެ ތައާރަފް ލިބިގަތުމަަށް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ރަނގަޅު ޔުނިވަރސިޓީ އެއްގެ ރިސާރޗަރސް އަދި ސްކޮލާރސް އާއި ބައްދަލު ކުރުމާއި ކުޑަކުދިންގެ ހިމާޔަތަށް އަދި އަންހެނުން ބާރުވެރިކުރެވުމަށް ހިންގާ އެންޖީއޯގެ މެމްބަރުންނާއި ބައްދަލުކުރުމާއި ނެހްރޫ ޔޫވާ ކެންޑްރަ ސަންގަތަންގެ މައި އޮފީސް އަދި ކްލަބް ހައުސަސްއަށް ޒިޔާރަތް ކުރުން ވެސް މި ދަތުރުގައި ވަނީ ހިމަނާފަ އެވެ.

މިވަފްދު ރާއްޖޭއާއި ގުޅޭގޮތުން އަދި ޒުވާނުންނާއި ޒުވާން ކްލަބްތަކުގެ ޕްރެޒެންޓޭޝަނެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އިންޑިއާގެ ސަގާފަތާއި އާދަކާދަތަށް ބަލާލައި ތާރީޚީ، ޓުއަރިސްޓު ތަންތަނަށް ވެސް ޒިޔާރަތްކުރާނެ އެވެ.

މި ދަތުރަކީ އިންޑިއާގެ މިނިސްޓްރީ އޮފް ޔޫތް އެފެއަރޒް އެންޑް ސްޕޯޓްސް އަދި ރާއްޖޭގެ މިނިސްޓްރީ އޮފް ޔޫތް،ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އިން ވެފައިވާ އެމްއޯޔޫގެ ދަށުން ރޭވިފައިވާ ދަތުރެކެވެ.

މި އެމްއޯޔޫގައި ސޮއިކުރެވުނީ އިންޑިއާގެ ޚާރިޖީ ވަޒީރު ހަރްޝް ވަރްދަން ޝްރިންގްލާގެ ދަތުރުފުޅުގަ އެވެ.

އިންޑިއާ އާއި ރާއްޖެ އަކީ ޒަމާނުއްސުރެ ކުޅިވަރާއި، ތަޢުލީމާއި، ޒުވާނުން އަދި ސަގާފީ ކަންކަމުގައި ވަރަށް ގުޅުން ރަނގަޅު ދެގައުމެވެ.

ފާއިތުވި އަހަރުތަކުގައި ޒުވާނުން ކުރިއެރުވުމަށް ދެގައުމު ގުޅިގެން ކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި ޓީޗަރުންނާއި ޒުވާނުން ތަމްރީނު ކުރުމަށް އައިސީޓީ ތަމްރީނު ޕްރޮގްރާމް އަދި ވޮކޭޝަނަލް ޓްރެއިނިންގ ހިންގުމަށް އިންޑިއާ-މޯލްޑިވްސް ޓެކްނޮލޮޖީ އެޑަޕްޓޭޝަން ޕްރޮގްރާމް ފޯ އެޑިއުކޭޝަން ސެކްޓަރ 2011-2013 އަށް ހިމެނެ އެވެ. އަދި އިސީސީއާރް ސްކޮލަރޝިޕް 39 ފުރުސަތު ކޮންމެ އަހަރަކު ޒުވާނުން އިންޑިއާގައި ތަޢުލީމު ހާސިލު ކުރުމާއި 67 ރަށެއްގައި ކުޑަކުދިންގެ ޕާކު އަދި 61 ރަށުގައި އައުޓް ޓޯ ޖިމްދަނީ ތަރައްޤީކުރުމަށް ހިލޭ އެހީ ހިމެނެ އެވެ.

މީގެ އިތުރުން އެކްސިމް ބޭންކް އެލްއޯސީގެ ދަށުން ކުޅިވަރު ތަރައްގީ ކުރުމަށް ތަންތަން ބިނާ ކުރުމުގެ ޕްރޮޗެކްޓް މި ސެޕްޓެމްބަރު މަހުގައި ވަނީ ސޮއިކުރެވިފަ އެވެ. އަދި ހުޅުމާލޭގައި އަޅާ މަތީ ފެންވަރުގެ ކްރިކެޓް ސްޓޭޑިއަމް، 800 މިލިޔަން ޑޮލަރު އެކްސިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަޖެހިފައިވުން ވެސް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް