ފިރިހެނަކު ބަރަހަނާކޮށް ވީޑިއޯކުރުމަށް ފަހު ބްލެކްމެއިލް ކުރި މައްސަލައިގަ ތިން މީހަކު ހައްޔަރުކޮށްފި

މާލޭގައި ފިރިހެނަކު ބަރަހަނާ ކުރުމަށް ފަހު ވީޑިއޯކޮށް، ބްލެކްމެއިލް ކުރި މައްސަލައެއްގަ ތިން މީހަކު ހައްޔަރު ކޮށްފި އެވެ. ފުލުހުން ބުނީ ހާދިސާ ހިނގީ ރޭ މާލޭގައި ކަމަށެވެ. މި ހާދިސާގައި ޝިކާރައަކަށްވީ ...

09 Nov 2021 | 14:29

މާލޭގައި ފިރިހެނަކު ބަރަހަނާ ކުރުމަށް ފަހު ވީޑިއޯކޮށް، ބްލެކްމެއިލް ކުރި މައްސަލައެއްގަ ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ހާދިސާ ހިނގީ ރޭ މާލޭގައި ކަމަށެވެ. މި ހާދިސާގައި ޝިކާރައަކަށްވީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހާދިސާ ހިނގި ކަމަށްވަނީ ގަލޮޅު ކަންމަތީގައި އެވެ. ފުލުހުން ބުނީ އެ މައްސަލައިގެ ރިޕޯޓު ކުރީ ރޭ މެންދަމު 3:49 ގައި ކަމަށެވެ.

ފުލުހުން ބުނީ އެމީހާ ބަރަހަނާ ކުރީ ބްލެކްމެއިލްކޮށް ބިރުދައްކައިގެން ކަމަށެވެ. އަދި ވީޑިއޯ ކުރުމަށް ފަހު މަސައްކަތް ކޮށްފައިވަނީ ފައިސާ ހޯދަން ކަމަށެވެ.

މި މައްސަލައިގަ ހައްޔަރު ކޮށްފައިވަނީ 24، 27 އަދި 31 އަހަރުގެ ދިވެހި ފިރިހެނުންނެވެ. އެމީހުން ހައްޔަރު ކުރީ ރޭގެ ވަގުތެއްގަ އެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް