މަޖިލީހުގެ ރައީސްގެ ގެކޮޅަށް ކަނޑައަޅާ މުވައްޒަފުންގެ އުސޫލު ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުއްވުމަށް ތައްޔާރު ކުރަމުންދާ ގެކޮޅަށް ކަނޑައަޅާ މުވައްޒަފުންގެ އުސޫލު ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފި އެވެ. މި އުސޫލު ފާސްކޮށް...

09 Nov 2021 | 13:53

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުއްވުމަށް ތައްޔާރު ކުރަމުންދާ ގެކޮޅަށް ކަނޑައަޅާ މުވައްޒަފުންގެ އުސޫލު ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފި އެވެ.

މި އުސޫލު ފާސްކޮށްފައިވަނީ މިއަދު ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

މިއަދުގެ ބައްދަލުވުމުގައި ގެނައި ބަދަލުތަކާއި ގުޅޭ މާބޮޑު ތަފްސީލެއް ނޭނގެ އެވެ. އެކަމަކު މަޖިލީހުގެ ރައީސްގެ ގެ ކޮޅަށް ކަނޑައަޅާފައިވާ އެއް މަގާމު އުނިކުރަން ފާސް ކުރި އެވެ.

ރައީސް ނަޝީދު ދިރިއުޅުއްވުމަށް މ. މުރައިދޫގެ މަރާމާތު ކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރަމުން ގެންދަނީ ސިފައިންގެ ސިފްކޯގެ ފަރާތުންނެވެ. މަރާމާތުގެ މަސައްކަތްތައް މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވުމަށް ދައުލަތުން ތަނެއް ހަމަޖައްސައި ދިނުމުގެ އިންތިޒާމްތައް ހަމަޖައްސަމުން ދަނީ ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނެސްގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް