އެންމެން އިންތިޒާރުގަ ތިއްބަ ރަންބީރާ އާލިއާގެ ކައިވެނި ފަސްކޮށްފި!

ބޮލީވުޑްގެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނި ފަހު ވަގުތު ފަސްކޮށްފި އެވެ. މިކަން މީޑިއާއަށް އަދި ކަށަވަރުވެފައެއް ނުވެ އެވެ. އެކަމަކު ބޮލީވުޑްގެ ތަރިން ވަރަށް ސިއްރު މައުލޫމާތުތ...

09 Nov 2021 | 11:08

ބޮލީވުޑްގެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނި ފަހު ވަގުތު ފަސްކޮށްފި އެވެ.

މިކަން މީޑިއާއަށް އަދި ކަށަވަރުވެފައެއް ނުވެ އެވެ. އެކަމަކު ބޮލީވުޑްގެ ތަރިން ވަރަށް ސިއްރު މައުލޫމާތުތައް އެނގޭ ސެލެބްރިޓީ ޕަޕަރާޒީއެއް ވަނީ އެކަން ޔަގީން ކޮށްދީފަ އެވެ.

އޭނާގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ބުނެފައިވާ ގޮތުގައި ރަންބީރާއި އާލިއާގެ ކައިވެނި އަންނަ އަހަރުގެ އޭޕްރިލްއަށް ފަސްކޮށްފައިވާ ކަމަށެވެ. ކައިވެނި ފަސް ކުރީ އެމީހުން ކުރިން ރޭވިގޮތަށް ޑިސެމްބަރު މަހު ކުރަން ހަމަޖެހިފައި ހުރި ބައެއް ފިލްމީ މަސައްކަތްތައް ފަސް ކުރެވެން ނެތުމުން ކަމަށްވެ އެވެ.

ރަންބީރު ލީޑް ރޯލުން ފެނިގެންދާ ފިލްމު” އެނިމަލް” ގެ ޝޫޓިން ފަށަން ހަމަޖެހިފައި އޮތީ ޑިސެމްބަރު މަހު އެވެ. އަންނަ މަހު ކައިވެނި ކުރުމަށް އޭނާ މަސައްކަތް ކުރީ ޕްރޮޑަކްޝަން ޓީމާއި ވާހަކަ ދައްކައިގެން އަންނަ އަހަރު ކުރީ ކޮޅަށް އެ ފިލްމުގެ ޝޫޓިން ފެށުން ފަސްކުރާށެވެ.

އާލިއާގެ ފިލްމުތަކުގެ ތެރެއިން އޭނާގެ އާއިލާއިން ޕްރޮޑިއުސް ކުރާ ފިލްމު “ޑާލިން”ގެ މަސައްކަތް ޑިސެމްބަރުން ނަގައި އަންނަ އަހަރުގެ ކުރީކޮޅަށް ލާފަވާ ކަމަށްވެސް ރިޕޯޓުތަކުގައި ކުރިން ބުނެފައިވެ އެވެ. އާލިއާގެ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ރިލީޒް ވާނީ އަންނަ ޖެނުއަރީ މަހު “ގާންގޫބާއީ ކަތިއާވާޑީ” އެވެ.

އެ ދެމީހުންގެ ކައިވެނި ފަސް ކުރި ކަމަށް އެ ޕަޕަރާޒީ ބުނި ނަމަވެސް އެ ދެމީހުންގެ އާއިލާއިން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ. އަދި އަންނަ މަހު ކައިވެނި ކުރާކަންވެސް ދެ އާއިލާއިން މިހާތަނަށް ޔަގީންކޮށްދީފައެއް ނުވެ އެވެ.

އެކަމަކު ޕަޕަރާޒީ ބުނެފައިވާ ގޮތުގައި ކުރިން ވެސް ޝެޑިއުލްގައި އޮތް ގޮތަށް ކެޓްރީނާ ކެއިފް އާއި ވިކީ ކައުޝަލްގެ ކައިވެނި އަންނަ މަހު އޮންނާނެ އެވެ. އެ ކައިވެނީގެ ހަފްލާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 6-9 ށް އިންޑިއާގެ ރާޖިސްތާނުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް