ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޝަރަފުގައި ސްރީލަންކާގެ ބޮޑުވަޒީރު މަހިންދްރަ ރާޖަޕަކްސަ ޖާފަތެއް ދެއްވައިފި އެވެ.
މި ޖާފަތުގެ ކުރިން ވަނީ ދެ ބޭފުޅުން ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ސްރީލަންކާގެ ބޮޑުވަޒީރު ވަނީ ދެ ގައުމުން އިސްކަންދޭ މުހިންމު މައުލޫތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކޮށްލައްވާފަ އެވެ.
ރައީސް ސޯލިހު މިއަދު ވަނީ އެ ގައުމުގެ ރައީސް ގޮތާބަޔާ ރާޖަޕަކްސާ އާއިވެސް ބައްދަލު ކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ސްރީލަންކާގެ ރައީސް، ދެ ޤައުމުން އިސްކަންދޭ މުހިންމު މައުޟޫޢުތަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައި ވެއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިޔަށް އޮތް އަހަރުތަކުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ “ޕްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021” ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.
މި ފުޓްބޯޅަ މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ ރާއްޖެއާއި ސްރީލަންކާ އެވެ.
މި މުބާރާތުގައި ރާއްޖެ، ސްރީލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސްގެ ޤައުމީ ފުޓްބޯޅަ ޓީމު ވާދަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް