ށ. ފޭދޫ ބަނދަރު ތަަރައްޤީ ކުރުމުގެ މަޝްރޫއު ހުއްޓުމެއް ނެތި ކުރިޔަށްދާ ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނެފި އެވެ.
އެ ކުންފުނިން ބުނީ މިހާރު ކުރަމުންދަނީ ބޭރުތޮށި ލުމަށް ތައްޔާރުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމަށެވެ. އެގޮތުން އެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންގޮސްފަ އެވެ.
މި މަޝްރޫޢުގެ ދަށުން، 27,500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަސް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.
މީގެ އިތުރުން 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1,380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމަށްވެސް ހަމަޖެހިފައިވެ އެވެ. އެމްޓީސީސީން ބުނީ މަޝްރޫއު އެއްކޮށް ނިމޭއިރު މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރު ކުރާނެ ކަމަށެވެ.
މި 33.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް