އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މިނިވަން ކުރަން އެންޔަރަމަންޓު މިނިސްޓަރު އާމިނަތު ޝައުނާ ނޫޅުއްވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން އެ މައްސަލަ ބަލަން ފަށައިފި އެވެ.
މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) އެވެ. އޭނާ ވިދާޅުވީ އީޕީއޭ މިނިވަން ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއް ކަމަށެވެ. އެކަމަކު އީޕީއޭ މިނިވަން ކުރުމުގެ ވިސްނުން ނެތް ކަމަށް އެކި ފަހަރުމަތިން ޝައުނާ ވަނީ ވިދަޅުވެފައި ކަމަށް އައްޑޭ ވިދާޅުވި އެވެ.
ވައްޑޭ ވިދާޅުވީ ރައީސްގެ އެ ވައުދު ފުއްދައި ދޭން ދެން މަސައްކަތް ކުރަން ޖެހެނީ މަޖިލީހުން ކަމަށެވެ.
ވައްޑެ ވިދާޅުވި ގޮތުގައި އެކި ދާއިރާތަކަށް ހާއްސަކޮށް ރާއްޖޭގައި މިނިވަން މުއައްސަސާތައް އުފައްދާފައި ވާއިރު ރާއްޖޭގެ ތިމާވެށީގެ ކަންތައްތައް ބެލެހެއްޓުން ވެސް އޮންނަން ޖެހޭނީ މިނިވަންކޮށެވެ. އީޕީއޭ އަކީ އަންނަހާ ސިޔާސީ ބަޔަކު ބޭނުން ވާހާ ގޮތަކަށް މަސައްކަތްކުރާ ތަނެއްގެ ގޮތުގައި އޮންނާކަށް ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީޕީއޭ އުވާލަން ޝައުނާ ބޭނުންފުޅު ނުވާކަމަށް ވިދާޅުވީ ކޮން އިރަކު ކަމެއް ވައްޑޭ ވިދާޅެއް ނުވެ އެވެ.
އީޕީއޭ މިނިވަން ކުރުމާއި ގުޅޭގޮތުން މަޖިލީހުގައި މަސައްކަތް ފެށިއިރު މިދިޔަ މަހު ރަސްފަރީ ފަރަށް އެރި ބޯޓެއް އީޕީއޭއިން ޖޫރިމަނާ ކުރުމުން އެ ކުންފުނިން ވަނީ އެ ޖޫރިމަނާ މިނިސްޓަރަށް އިސްތިއުނާފަށް ހުށަހަޅާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް