މިހާރު ކުރިއަށްދާ ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭކޖުގފެ ފަހު ދެމެޗު މިރޭ ކުޅޭނެ އެވެ.
ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި މިރޭ ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ ޒެނިތް ސްޕޯޓްސް ކްލަބާއި ކޭވައިއާރްސީ އެވެ. މިމެޗު ފަށާނީ 19:45 ގަ އެވެ. މިރޭ 21:30 ގައި ފަށާ ދެވަނަ މެޗުގައި ވާދަކުރާނީ ޝައިނިންގ ސްޓާރ އާއި ގްރީން ސްޓްރީޓްސް އެވެ.
މި މުބާރާތުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކުރީ މަހިބަދޫ އާއި ޔޫތް ޔުނައިޓެޑެވެ.
މަހިބަދޫއިން މެޗު ކާމިޔާބުކުރީ ލޮރެންޒޯ އާވާދަކޮށް 61 ޕޮއިންޓު 27 ޕޮއިންޓުން ނެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ މަހިބަދޫގެ ޢައިޝަތު ޒުނާނާ ނިމާލް އެވެ.
ޔޫތް ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ މެޓްރިކްސް އާވާދަކޮށް 51 ޕޮއިންޓު 18 ޕޮއިންޓުން ނެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ޔޫތް ޔުނައިޓެޑުގެ އަމްނާ އަސްވާޑް އިސްމާއިލް އެވެ.
މިއަހަރުގެ މުބާރާތުގައި 10 ޓީމު ބައިވެރިވެފައިވާ އިރު، މުބާރާތް ކުރިއަށް ގެންދަނީ ބައިވެރިވި 10 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ނެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް މާދަމާ ރޭ ކުޅޭ އިރު، ފައިނަލް މެޗު އޮންނާނީ 11 ވަނަ ދުވަހުގެ ރެ އެވެ.
ކުރިއަށްދާ މި މުބާރާތުގެ މެޗުތައް ބެލުމަށް ވަނުން ވަނީ ހިލޭ ހުޅުވާލާފަ އެވެ.
އެހެންނަމަވެސް ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި ވާންޖެހޭނެ ކަމަށާއި ކޮވިޑުން ރައްކާތެރިވުމަށް އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް އެސޯސިއޭޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި މާސްކު އަޅައިގެން ތިބުމަށް އެސޯސިއޭޝަނުން ވަނީ އެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް