މިސްކިތްތަކަަށް ކުޑަކަމުގޮސް، ޚަތިމަށް ކުޅުޖެހި ހަސަން ޒިޔާދުގެ ބަންދަށް 10 ދިވަސް ޖަހައިފި އެވެ.
މި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން ޒިޔާދުގެ ބަންދަށް 10 ދުވަސް ޖަހާފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ.
އޭނާ ވަނީ ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒު ތެރެއަށް އަދި ރައީސް އޮފީސް ދޮރުމައްޗަށް ކުޑަކަމުގޮސްފަ އެވެ. އަދި އެ މައްސަލައިގާ ފުލުހުން އޭނާ ހައްޔަރު ވެސް ކުރި އެވެ.
އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވިނަމަވެސް އޭނާ ވަނީ ބަންދުން ދޫކޮށްލާފަ އެވެ.
އެއަށްފަހު މިމަހުގެ 7 ވަނަ ދުވަހު އޭނާ ވަނީ މާލޭގެ އިބްރާހީމް މިސްކިތަށް ވަދެ، ޚަތިމަކަށް ކުޅުޖަހާފަ އެވެ.
މި މައްސަލައާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުން އޭނާއަށް އަމާޒުވެފައިވާ އިރު، އޭނާ އަކީ ނަފްސާނީ ބަލިމަޑުކަމެއް ހުންނަ މީހެއްކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.
އެހެންނަމަވެސް ޒިޔާދަނީ ނަފްސާނީ ބަލިމަޑުކަމެއް ހުންނަ މީހެއް ނޫންކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް