ކޮވިޑް- 19 ގެ ބަލިމަޑުކަމާއި އެކު މުޅި ދުނިޔޭގެ ސަމާލުކަންވަނީ ވައިގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކާއި ޑިސްއިންފެކްޓް ކުރުމުގެ މުހިއްމުކަމަށް އިތުރަށް ލޯހުޅުވައިދީފަ އެވެ.
އެސްޓީއޯ އިން އެތެރެކުރާ "ކޯނޭ" ލިޕްޓް ބްރޭންޑަކީ ޒަމާނީ ހޯދުންތަކަށް ބިނާކޮށް އެކި ސޮލިއުޝަންސްތައް އެލެވޭޓަރ މާރކެޓަށް ތައާރަފްކުރަމުންދާ ދުނިޔޭގައި އެންމެ ނަންހިނގާ ބްރޭންޑެކެވެ.
މިގޮތުން "ކޯނޭ"އިން އެންމެ ފަހުން ތައާރަފްކޮށްފައިވާ މޮޑެލްގެ ސީ.އޯ.ޕީ ( ލިފްޓް ޕުޝް ބަޓަންސް) އަކީ ލިފްޓުގެ އެއްވެސް ބަޓަންއެއްްގައި އަތްނުލައި، ހަމައެކަނި އަތްތިލަ ކައިރި ކޮށްލުމުން ބޭނުންވާ ފްލޯއަކަށް ދެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ މޮޑެލް އެކެވެ.
ރާއްޖެއަށް މުޅިން އަލަށް ތައާރަފުކުރެވޭ މިމޮޑެލްއަށް ލިފްޓު ގަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އެސްޓީއޯން މިހާރުވަނީ ހުޅުވާލާފަ އެެވެ. އަދި މިއީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް އާ އިންގިލާބުތައް ގެނަސް، އިންޑަސްޓްރީގައި ޒަމާނީ ކުލަ ޖައްސަމުންދާ އެސްޓީއޯއިން ތައާރަފުކުރާ އެންމެ އީޖާދީ އެއް އުފެއްދުންކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.
ދުނިޔޭގެ މިހާރު ޙާލަތަށް ބަލާލާއިރު މިއީ ވަރަށް މުޙިއްމު އީޖާދެކެވެ. މީގެ އެންމެބޮޑު އެއް ސަބަބަކަށް ވެފައިވަނީ ދުނިޔެއަށް ކުރިމަތިވި ކޮވިޑު ބަލިމަޑުކަމުގައި، ކޮވިޑް ޖެހިފައި ހުރިމީހަކު އަތްލާ ތަންތަނުގައި އެހެންމީހަކު އަތްލުމުން ވެސް މިބަލި އެރުމުގެ ފުރުސަތުބޮޑު ބައްޔަކަށްވުމެވެ.
މި ނަޒަރިއްޔާއަށް ބަލާއިރު، ލިފްޓް ބަޓަންތަކަކީ ވަރަށް ގިނަ މީހުން އަތްލާ އެއްޗަކަށް ވުމާއެކު، ޓަޗްލެސް ސީއޯޕީ ބޭނުންކުރުމުން ލިފްޓަށް އަރާފައިބާ މީހުން ބަޓަންތަކުގައި އަތްލާން ނުޖެހުމުން، ލިފްޓު ބޭނުންކުރާ ފަރާތްތަކަށް ސަލާމަތްތެރިކަން ކަށަވަރު ކޮށްދެއެވެ. ޓަޗްލެސް ފީޗާގެ އެންމެ ޚާއްސަ ސިފައަކީ ލިފްޓުގެ ބަޓަންތަކުގައި އަތްލުމުގެ ބަދަލުގައި، އަތް 1 ސެންޓިމީޓަަރަށް ކައިރި ކޮށްލުމުން އެ ކައިރި ކުރާ ބަޓަންގެ ސެންސަރ އެކްޓިވޭޓްވުމެވެ. މިއީ ލިފްޓް ބޭނުންކުރާ ފަރާތްތަކަށް އިތުރު ހިތްހަމަ ޖެހުމަކަށް ވާނެ ކަމެއްވެސް މެެއެވެ.
މީގެ އިތުރުން އެސްޓީއޯއިން ވަނީ، މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ހާލަތަށް އެކަށީގެންވާ ގޮތަށް، ލިފްޓްގައި ހަރުކުރާ "ކޯނޭ" އެއަރ ޕިއުރިފަޔަރ ވެސް ތައާރަފްކޮށްފަ އެވެ. އެއަރ ޕިއުރިފަޔަރގެ ބޭނުމަކީ ލިފްޓް ތެރޭގައި ހުންނަ ވައި ސާފުކޮށްދިނުމެވެ.
އެހެންކަމުން ލިފްޓް ތެރޭގައި ހުންނަ އެކި ވަސްވަހާއި ބެކްޓީރިއާތައް މި އެއަރ ޕިއުރިފަޔަރ އިން ނައްތާލަ އެވެ. ކޯނޭ އިން އެއަރ ޕިއުރިފަޔަރއަށް ބޭނުންކޮށްފައިވަނީ ނާސާ އިން ޖައްވަށް ފޮނުވާ އުޅަނދުތަކުގައި ކޮންޓަމިނޭޝަން ނައްތާލުމަށް ބޭނުންކުރާ ޕީސީއޯ ޓެކްނޮލޮޖީ އެވެ.
ކޯނޭ ޓަޗްލެސް ސީއޯޕީ އަދި ކޯނޭ އެއަރ ޕިއުރިފަޔަރ އެންމެ ފުރަތަމަ ރާއްޖޭގައި ހަރުކުރެވިގެންދާނީ އެސް.ޓީ.އޯ ޓްރޭޑް ސެންޓަރގައި ހުންނަ ލިފްޓް ގައެވެ. އެންމެންގެ ރައްކާތެރިކަމަށް އިސްކަންދީގެން، ލިފްޓް ގަތުމުގައި މިފަދަ ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް