ގަތަރުގައި 2022 ގައި ބާއްވާ ވަރލްޑް ކަޕްގެ މެދުއިރުމައްޗާއި އެފްރިކާގެ ޓެލެކޮމް ޕާޓްނަރއަކަށް އުރީދޫ ހަމަޖައްސައިފި އެވެ.
އުރީދޫ އަކީ ގަތަރުގައި 2019 އަދި 2020 ވަނަ އަހަރު ބޭއްވި ފީފާ ކްލަބް ވަރލްޑް ކަޕް ގެ ގައުމީ ސަޕޯޓަރެއް ވެސް މެއެވެ.
އުރީދޫ ގަތަރުގެ ޗީފް ކޮމާޝަލް އޮފިސަރ ޝައިޚް ނާސިރު ބިން ޙަމަދު ބިން ނާސިރު އަލް ޘާނީ ވިދާޅުވީ މި ފަހަރު ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގެ މައި ސަޕޯޓަރެއްގެ ހައިސިއްޔަތުން ފީފާއާއެކު އަނެއްކާވެސް މަސައްކަތް ކުރަން ލިބުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށެވެ.
"2022 ވަނަ އަހަރު ދުނިޔޭގެ ކުޅިވަރުގެ މައިދާނަށް އަޅުގަނޑުމެންގެ ގައުމު ދަތުރުކުރިއިރު ހުރިހާ ލޯތަކެއް އަމާޒުވާނީ ގަތަރަށް. މިއީ އުފެއްދުންތެރިކަމާއި ޓެލެކޮމިއުނިކޭޝަންގެ ރޮނގުން އަޅުގަނޑުމެންގެ ލީޑަރޝިޕް އިތުރަށް ވަރުގަދަ ކުރުމަށް އުރީދޫއަށް ލިބޭ ފުރުސަތެއް. ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓްބޯޅައާއިއެކު މި ސަރަހައްދުގެ މުޖުތަމައުތަކާ އޮންނަ ގުޅުންބަދަހިވެގެންދާނެ ފުރުސަތެއްކަން ފާހަގަ ކުރުން،" އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ގަތަރުގައި މިފެންވަރުގެ ބޮޑު މުބާރާތެއް ބޭއްވުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ އާއި ނެޓްވޯކް ސްޕީޑު އުރީދޫގެ ޓެކްނޮލޮޖީ އަދި ތަޖުރިބާއާއެކު ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ފީފާ ވަރލްޑް ކަޕް ގަތަރު 2022 ގައި އެ ކުންފުނީގެ އެއްބާރުލުންދީ ހީވެސް ނުކުރާފަދަ އުފާވެރި އަދި ފޯރިގަދަ ތަޖުރިބާއެއް ބެލުންތެރިންނާހަމައަށް ފޯރުކޮށްދިނުމަކީ ލިބޭ ފަޚުރެއް ކަމަށެވެ.
ފީފާގެ ޑިރެކްޓަރ އޮފް ކޮމަރޝަލް ރެވެނިއު ނިކް ބްރައުން ވިދާޅުވީ ރީޖަނަލް ސަޕޯޓަރެއްގެ ހައިސިއްޔަތުން މި ފަހަރު އުރީދޫ އެނބުރި އައުމުން އުފާކުރައްވާ ކަމަށެވެ. އަދި އުރީދޫ އާއި އެކު، މި މަސައްކަތްކުރަނީ ގަތަރުގައި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށްވެސް ފޯރިގަދަ އިވެންޓެއް ބޭއްވުމުގެ އުއްމީދުގައި ކަމަށެވެ.
ފީފާ ވަރލްޑް ކަޕް ގަތަރު 2022 - ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް 21 ނޮވެމްބަރ އިން 18 ޑިސެމްބަރ 2022 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއީ އަރަބި ދުނިޔޭގައި ބާއްވާ ފުރަތަމަ ފީފާ ވަރލްޑް ކަޕެވެ.
އެވްރެޖްކޮށް 110 މިލިއަނަށްވުރެ ގިނަ މީހުން މެޗް ފީފާ ވަރލްޑް ކަޕް މެޗުތައް ބަލާއިރު، ދުނިޔޭގެ އާބާދީގެ 51% އަށް ވުރެ ގިނަ މީހުން ވަނީ ފީފާ ވަރލްޑް ކަޕް ރަޝިއާ 2018 ބަލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް