ދުރުންދާ ދެ ކޮޅިގަނޑެއްގެ އަސަރު ކުރިޔަށް އޮތް ތިން ދުވަހު މުޅި ރާއްޖެއަށް ކުރާނެ

ކުރިޔަށް އޮތް ތިން ދުވަހު މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން އިލްތިމާސް ކޮށްފި އެވެ. މެޓް އޮފީހުން ބުނީ ރާއްޖެ އާއި ދުރުން ބޭއޮފް ބެންގޯލް އާއި އަރަބި ކަނޑުގައި ދެ ކޮޅިގ...

09 Nov 2021 | 06:40

ކުރިޔަށް އޮތް ތިން ދުވަހު މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން އިލްތިމާސް ކޮށްފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖެ އާއި ދުރުން ބޭއޮފް ބެންގޯލް އާއި އަރަބި ކަނޑުގައި ދެ ކޮޅިގަނޑެއް އުފެދިފައިވާ ކަމަށެވެ. އެ ދެ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ލަފާ ކުރެ އެވެ.

އެގޮތުން ކުރިޔަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގެ އާންމު ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. ހާއްސަކޮށް ކަނޑުދަތުރު ކުރުމުގައި ސަމާލުވެ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައިވެ އެވެ.

މިދިޔަ މަހުގެ ތެރޭގައި ލަންކާ ކައިރީގައި އުފެދުނު ކޮޅިގަނޑެއްގެ އަސަރުވެސް ރާއްޖެއަށް ކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް