ރޭ ރަހީނު ކުރި އުމުރުން 13 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އަންހެން ކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ ރޭ ދަންވަރު 12:50 ހާއިރު ކަމަށެވެ.
އޭނާ ވިދާޅުވީ މައްސަލައިގަ ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އެ ކުއްޖާ ހޯދާފައިވަނީ މިއަދު ހެނދުނު 6:17 ހާއިރު އެވެ. އިތުރު އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތޮތުގައި އެ ކުއްޖާ ރަހީނު ކުރީ އެ އާއިލާގެ މީހަކު އެހެން މީހަކަށް ދޭންޖެހޭ ފައިސާތަކެއް ނުދީގެންނެވެ.
އެ ކުއްޖާ ގެންދިޔަ ކަމަށް ވަނީ ރޭގެ 10 ޖަހާކަންހާއިރު ކަމަށް ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް