އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝު ވަރްދަން ޝްރިންގްލާ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އާއި ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށީގައެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު މާރިޔާ އާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ، ދިފާޢީގޮތުންނާއި ސަލާމަތީގޮތުން، ދެގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު މާރިޔާ ދެއްކެވި ވާހަކައި ވަނީ، ކޯވިޑް-19ގެ މިޙާލަތުގައި އިންޑިއާއިން ރާއްޖެއަށް ދެމުންގެންދާ ގިނަގުނަ އެހީތައް ފާހަގަ ކުރައްވައި، އެކަަމަށްޓަކައި އިންޑިޔާ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި އިންޑިޔާގެ ފޮރިން ސެކްރެޓަރީވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދެގައުމުގެ ގުޅިފައިވާ މަސްލަހަތު ހިމާޔަތް ކުރުމަށް އިންޑިއާގެ އެހީތެރިކަން މެދުކެނޑުމެއް ނެތި ލިބޭނެ ކަމުގެ ޔަގީންކަން އަރުއްވާފައެވެ.
މިއަދުގެ މިބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްގެ އިތުރުން އެމްއެންޑީއެފްގެ އިސް ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް