ފަސްޓްލޭޑީއަށް ދޮގު ތުހުމަތު ކުރި މައްސަލައިގަ މައާފަށް އެދެން އަންގައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ގުޅޭގޮތުން ދޮގު ތުހުމަތުތަކެއްކޮށް ހަބަރު ލިޔުނު ނޫހުން މައާފަށް އެދުމަށް އެކަމަނާގެ ގާނޫނީ ވަކީލުންގެ ޓީމު ތަމްސީލް ކުރާ ދަ ލިޓި...

09 Nov 2020 | 16:18

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ގުޅޭގޮތުން ދޮގު ތުހުމަތުތަކެއްކޮށް ހަބަރު ލިޔުނު ނޫހުން މައާފަށް އެދުމަށް އެކަމަނާގެ ގާނޫނީ ވަކީލުންގެ ޓީމު ތަމްސީލް ކުރާ ދަ ލިޓިޖަންޓްސް ލޯ ފާމުން އަންގައިފި އެވެ.

އެކަމަނާ އާއި ގުޅޭގޮތުން ހަބަރު ލިޔެފައިވަނީ “މޯލްޑިވްސް ނިއުސް ނެޓްވޯކް” އިންނެވެ. ލަ ލިޓިޖަންޓްސް ލޯ ފާމުން އެ ނޫހުގެ އެޑިޓަރު ސާލިމް ވަހީދަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ "އެމްއެންއެން އެކްސްކްލޫސިވް: ސިޓީ ހޯލް-ޑެލްޓާ އޮފް ކޮރަޕްޝަން" މި ސުރުހީގެ ދަށުން 22 އޮކްޓޯބަރު 2020 ގައި އެ ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުމުގައި މ. ދީފްރަމްއާގޭ ފަޒްނާ އަހުމަދާ ގުޅޭގޮތުން ޝާއިއުކޮށްފައިވަނީ ދޮގު މައުލޫމާތު ކަމަށެވެ.

އެ ސީޓީގައި ބުނެފައިވަނީ މޯލްޑިވްސް ނިއުސް ނެޓްވޯކްގައި ޖަހާފައިވާ އެ ލިޔުމުގައި ފަސްޓްލޭޑީ ފަޒްނާގެ އިއްޒަތާއި އަބުރާއި، ގަދަރަށް އުނިކަން ލިބި މުޖުތަމައުގައި އެކަމަނާ އާއި މެދު ނުބައި ތަސައްވަރެއް އުފެދިދާނެ ފަދަ ގޮތަކަށް ހަބަރު ޝާއިއުކޮށްފައިވާ ކަމަށެވެ. އަދި އެއީ ބްރޯޑްކާސްޓު ކުރުމުގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފު ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

ފަސްޓްލޭޑިގެ ވަކީލުންގެ ޓީމުން އެދިފައިވަނީ އެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިޔުން އިސްލާހުކުރުމަށެވެ. އަދި އެ ލިޔުމަކީ ހަގީގަތާ ހިލާފު ލިޔުމެއްކަމަށް އިއުތިރާފުވެ، މައާފަށް އެދުމަށް ވަނީ އަންގައިފައެވެ.

އެ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ލޮނުޒިޔާރަތްކޮޅުގައި މާލޭ ސިޓީ ކައުންސިލުން ހަދަމުން އަންނަ ޕާކަށް ގަސް ވިއްކަނީ ފަޒްނާގެ ކުންފުންޏަކުންނެވެ. އަދި ފަސްޓްލޭޑީ ފަޒްނާގެ ފައިސާތަކެއް މޮރިޝަސް އަށް ބަދަލުކުރި ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް