އައިޖީއެމްއެޗުގެ ބައެއް ހިދުމަތްތައް އާންމު ހާލަތަށް ގެންނަނީ

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގެ ބައެއް ހިދުމަތްތައް އާންމު ހާލަތަށް ގެންނަން ނިންމައިފި އެވެ. ކޯވިޑް-19 ގެ ކޭސްއެއް މާލެއިން ފެނުމާއި އެކު އައިޖީއެމްއެޗުން ދެމުން ދިޔަ މުހިންމު ހުރިހާ ހިދު...

09 Nov 2020 | 10:06

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގެ ބައެއް ހިދުމަތްތައް އާންމު ހާލަތަށް ގެންނަން ނިންމައިފި އެވެ.

ކޯވިޑް-19 ގެ ކޭސްއެއް މާލެއިން ފެނުމާއި އެކު އައިޖީއެމްއެޗުން ދެމުން ދިޔަ މުހިންމު ހުރިހާ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލި އެވެ. އަދި ސްޕެޝަލިސްޓުންނަށް ޑޮކްޓަރަށް ދެއްކުން ކުރިޔަށް ގެންދިޔައީ އޮންލައިންކޮށެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ އެ ހޮސްޕިޓަލުން ދެމުން ދިޔަ ގިނަ ހިދުމަތްތައް އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އާންމުން އެ ހިދުމަތެއް ހުއްޓާލުމުން އެންމެ ބޮޑަށް ޝަކުވާކުރި މެމޮގްރާފް ފަދަ ހިދުމަތްތައް ހިމެނެ އެވެ.

އެ ހޮސްޕިޓަލުް ބުނީ ކޯވިޑްގެ މާލޭގެ ހާލަތަށް ބަލާއިރު ވަރަށް އަވަހަށް އިތުރު ހިދުމަތްތައްވެސް އާންމު ހާލަތަށް ގެނެވޭނެ ކަމަށެވެ.

https://twitter.com/igmhmv/status/1325691381445128193

ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ ނިސްބަތް މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފައި އެވެ.

އެޗްޕީއޭއިން ބުނީ އިއްޔެގެ ނިޔަލަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 11،986 މީހުން ކަމަށެވެ އޭގެ ތެރެއިން 11،092 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

މި ބަލީގައި މަރުވެފައިވަނީ 40 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް