32 ރަށެއްގެ އައުޓްޑޯރ ޖިމްގެ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް ސިނާން ގްރޫޕާ ހަވާލުކޮށްފި

32 ރަށެއްގެ އައުޓްޑޯރ ޖިމްގެ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް ސިނާން ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ. ޔޫތް މިނިސްޓްރީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސް...

09 Nov 2020 | 09:26

32 ރަށެއްގެ އައުޓްޑޯރ ޖިމްގެ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް ސިނާން ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.

ޔޫތް މިނިސްޓްރީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހީމްއެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އިބްރާހިމް އަރީފްއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްތަކުގެ ތެރެއިން މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 4،101،134.17 ރުފިޔާއަށެވެ.

އެއްބަސްވުމުގައި ސޮއިކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން ޖެހޭއިރު، 56 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ.

މި އެއްބަސްވުމުގެ ދަށުން އައުޓްޑޯރ ޖިމް ގާއިމްކުރެވިގެންދާނެ ރަށްތަކަކީ؛

  • ހއ. ބާރަށް
  • ހއ. ތަކަންދޫ
  • ހއ.މުރައިދޫ
  • ހދ. ކުޅުދުއްފުށި
  • ހދ. ނޭކުރެންދޫ
  • ހދ. ކުމުންދޫ
  • ހދ. ވައިކަރަދޫ
  • ށ. ފޯކައިދޫ
  • ށ. ކަނޑިތީމު
  • ނ. ހެނބަދޫ
  • ނ. މާޅެންދޫ
  • ނ. ވެލިދޫ
  • ނ. ކުޑަފަރި
  • ނ. މާފަރު
  • ނ. މަނަދޫ
  • ރ. މަޑުއްވަރީ
  • ރ. އުނގޫފާރު
  • ރ. ރަސްގެތީމު
  • ރ. ހުޅުދުއްފާރު
  • ރ. އިނގުރައިދޫ
  • ރ. އިންނަމާދޫ
  • ރ. މީދޫ
  • ރ. ފައިނު
  • ބ. އޭދަފުށި
  • ބ. ކަމަދޫ
  • ބ. ގޮއިދޫ
  • ޅ. ކުރެންދޫ
  • ކ. ހިންމަފުށި
  • ކ. މާފުށި
  • ކ. ދިއްފުށި
  • ވިލިމާލެ
  • ކ. ތުލުސްދޫ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް