ފަޓީއަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާއި ދުރަށް !

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް އަންސު ފަޓީ އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާއި ދުރައްދާން ޖެހިއްޖެއެވެ. ސްޕެއިންގެ މީޑިއާ ރިޕޯޓުތަށް ބުނާގޮތުން މި އަނިޔާގެ ސަބަބުން މަދުވެގ...

09 Nov 2020 | 09:15

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް އަންސު ފަޓީ އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާއި ދުރައްދާން ޖެހިއްޖެއެވެ.

ސްޕެއިންގެ މީޑިއާ ރިޕޯޓުތަށް ބުނާގޮތުން މި އަނިޔާގެ ސަބަބުން މަދުވެގެން 3 މަސްދުވަހުގެ މުއްދަތެއްގައި ފަޓީ ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެއެވެ. އެގޮތުން ދެން އެންމެ އަވަހަށް ވެސް ފަޓީއަށް އަނިޔާއިން ރަނގަޅު ވެގެން އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނީ އަންނަ އަހަރުގެ ޖެނުއަރީ މެދުތެރޭ ހިސާބުގައި ކަމަށް ބެލެވެއެވެ.

ފަޓީއަށް އަނިޔާވި ސްޕެނިޝް ލީގުގައި ރެއާލް ބެޓިސްއާއި ދެކޮޅަށް ކުޅެ 2-5 އިން ބާސެލޯނާ މޮޅުވި މެޗުގައި އޭނާގެ ވާތު ފައިގެ ކަކުލަށެވެ.

މިހާރު އުމުރުން 18 އަހަރުގެ ޒުވާން ފޯވާޑް ފަޓީއަށް އަނިޔާގެ މައްސަލަ ކުރިމަތިވި އިރު، އޭނާ އަންނަނީ ބާސާގެ ފުރަތަމަ އެގާރައިގައި ހިމެނިގެން މޮޅު ކުޅުމެއް ދައްކަމުންނެވެ.

މިފަހަރުގެ ސީޒަނުގައި ބާސާ މިހާތަނަށް ކުޅުނު ފަސް މެޗުގައިވެސް ފަޓީ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. އެގޮތުން މިހާތަނަށް ކުޅުނު ފަސް މެޗުގައި އޭނާ ވަނީ ހަތަރު ގޯލު ކާމިޔާބު ކޮށްފައެވެ.

2019 ވަނަ އަހަރު ބާސާގެ ސީނިއާރ ޓީމަށް ކުޅެން ފެށި ފަޓީ ވަނީ މިހާތަނަށް އެކުލަބަށް 31 މެޗު ކުޅެދީ 11 ގޯލު ކާމިޔާބު ކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް