އަންނަ އަަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ސިއްހީ ދާއިރާއަށް ހާއްސަކޮށް ހަތަރު ބިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ބަޖެޓު ހުށަހަޅުއްވައި ދެއްވަމުން އަމީރު ވިދާޅުވީ ސިއްހީ ދާއިރާގެ ބަޖެޓުގެ ތެރެއިން ކޯވިޑާއި ދެކޮޅަށް މަސައްކަތް ކުރުމަށް އިސްކަން ދީފައިވާނެ ކަމަށެވެ. އެ ގޮތުން ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކާއި އެކު ރައްޔިތުންނަށް ވެކްސިން ގަންނަން ބަޖެޓުން ޖާގަދެވިފައިވާނެ ކަމަށް ވިދާޅުވި އެވެ.
އެކަމަކު ވެކްސިން ގަންނަން ބޭނުންވާނެ ކަމަށް ލަފާކޮށް އެއްވެސް އަދަދެއް ބަޖެޓުގައި ހިމަނާފައެއް ނުވެ އެވެ.
މިނިސްޓަރު ވިދާޅުވީ ކޯވިޑާއި ގުޅިގެން ސަރުކާރުން ކުރާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ޓެސްޓު ކުރާ އަދަދު އިތުރުކޮށް، ކޮންޓްރެކްޓް ޓްރޭސިން އާއި، ބަލި މީހުން އެކަހެރި ކުރުން ކުރިއަށް ގެންދެވެން ޖެހޭ ކަމަށެވެ.
އެޗްއީއޯސީން ކުރިން ބުނީ ރާއްޖެއަކީ ޑަބްލިއުއެޗްއޯ މެމްބަރު ގައުުތަކުގެ ތެރެއިން އެފަދަ ވެކްސިންތައް ރާއްޖޭގެ އާބާދީގެ20 ޕަސެންޓަށް ހިލޭ ލިބޭނެ ކަމަށެވެ. އެގޮތުން ފުރަތަމަ ބުރުގައި ލިބޭނީ17 ޕަސެންޓަރަށް ކަމަށް ބުނެފައި ވެއެވެ.
އެޗްއިއޯސީން ނިންމާފައިވަނީ ފުރަތަމަ ލިބޭ20 ޕަސެންޓ ވެކްސިންނގެ ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް ދޭށެވެ. އޭގެ ފަހުގައި އުމުރުން ދުވަސްވީ މީހުންނަށާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް