ރާއްޖޭގައި އިންޝުއަރެންސް ބޭނުންކުރަނީ ސިޔާސީ މަންފާއަށް: ޖާބިރު

ރާއްޖޭގައި އިންޝުއަރެންސް ބޭނުން ކުރަނީ ސިޔާސީ ބޭނުންތަށް ހާސިލް ކުރަން ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ. ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒ...

09 Nov 2020 | 06:54

ރާއްޖޭގައި އިންޝުއަރެންސް ބޭނުން ކުރަނީ ސިޔާސީ ބޭނުންތަށް ހާސިލް ކުރަން ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ހުށަހަޅުއްވާފައިވާ އިންޝުއަރެންސާ އާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ، އިންޝުއަރެންސްގެ ބޭނުމަކީ ދިމާވާ ހާދިސާތަކުން އަރައިގަތުން ކަމަށާއި އެކަމަކު ރާއްޖޭގައި އިންޝުއަރެންސްއިން އެ ފުރުސަތު ނުލިބޭ ކަމަށެވެ.

ޖާބިރު ވިދާޅުވީ، އިންޝުއަރެންސް ކުރުުމުގެ ގާނޫނެއް ނެތި އެ ވިޔަފާރިކުރުމުން، ވިޔަފާރިވެރިންނަށް އެތައް ގެއްލުމަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި ސަރުކާރުން އިންޝުއަރެންސް ކުރަން ބާރު އަޅާއިރު، އިންޝުއަރެންސް ނިޒާމު ރަނގަޅަނށް ހިނގާތޯ ސަރުކާރުން ބަލަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވި އެވެ.

އިންޝުއަރެންސާ އާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު އިތުރަށް ވިދާޅުވީ، ކުންފުނިތަކުން ވިއްކާ އިންޝުއަރެންސް ޕްރިއަމްއަށް ފައިސާ ދައްކާފައި އޮތަސް ކާރިސާއެއް ދިމާވެގެން އިންވެސްޓަރުންނަށް ގެއްލުން ލިބޭ ހާލަތްތަކުގައި އެފަދަ ބައެއް ކުންފުނިތަކުން އިންޝުއަރެންސް ހަމަޖައްސައި ނުދޭ ކަމަށެވެ. އަދި އެ މައްސަލަ ޖާބިރު ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.

ޖާބިރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، އިންޝުއަރެންސް ކުންފުނިތަކުން އިންޝުއަރެންސް ޕްރިމިއަމް ވިއްކަނީ އެ ގަންނަ ފަރާތެއްގެ މުދާތައް ބަލައި، އެ ކުންފުނިތަކުން ކަނޑައަޅާ އަގަކަށް ކަމަށެވެ. އިންވެސްޓަރުން އެ ގޮތަށް ޕްރިމިއަމް ގަންނަނީ ކާރިސާއެއްގައި ލިބޭ ގެއްލުންތަކަށް ފަރުވާދޭނެ ކަމަށް އިންޝުއަރެންސް ކުންފުނިން ދޭ ޔަގީން ކަމުގެ މައްޗަށެވެ. ނަމަވެސް، ކުރިމަތިވާ ކާރިސާއެއްގެ ސަބަބުން ގެއްލުން ލިބުމުން އެ ގެއްލުމުން ސަލާމަތްވުމަށް އިންޝުއަރެންސް ކުންފުނިތަކަށް ހުށަހެޅުމުން އެ ގެއްލުމާ މެދު ހިލާފް އުފައްދައި، މާ ކުރިން ލިބިފައިވާ ގެއްލުމެއް ކަމަށް ބުނެ އެ ހުށަހެޅުން ރިޖެކްޓްކޮށް އިންޝުއަރެންސް ހަމަޖައްސައިނުދޭ ކަމަށެވެ.

އެ މައްސަލަ މަޖިލީހުން ބަލައިނުގަނެ ވަނީ ބޭރުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް