ކޭވައިއެސް ޗެލެންޖުގެ ފައިނަލަށް ސަންދިޔާ އާއި ސީއެސް ވުމަންސް ހިނގައްޖެ

ހދ. ކުމުންދޫ ޔޫތް ސްޕޯޓްސް (ކޭ.ވައި.އެސް)ގެ ފަރާތުން އެރަށުގެ ކަނބަލުންނަށް ޚާއްސަކޮށްގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތުގެ ފައިނަލަށް ސަންދިޔާ އާއި ސީއެސް ވުމަންސް ދަތުރުކޮށްފި އެވެ. ނަސްރުގެ ދުވަ...

09 Nov 2020 | 06:25

ހދ. ކުމުންދޫ ޔޫތް ސްޕޯޓްސް (ކޭ.ވައި.އެސް)ގެ ފަރާތުން އެރަށުގެ ކަނބަލުންނަށް ޚާއްސަކޮށްގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތުގެ ފައިނަލަށް ސަންދިޔާ އާއި ސީއެސް ވުމަންސް ދަތުރުކޮށްފި އެވެ.

ނަސްރުގެ ދުވަހާ ވެސް ގުޅުވައިގެން މި މަހުގެ 3 ވަނަ ދުވަހު ފެށި މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހުގެ ރޭ 20:30 ގަ އެވެ.

މި މުބާރާތުގެ ފައިނަލަށް ސީއެސް ވުމަންސް ދަތުރުކުރީ ކުޅުނު 4 މެޗުވެސް ކާމިޔާބުކޮށް 12 ޕޮއިންޓާ އެކުގަ އެވެ. ސަންދިޔާ ދަތުރުކުރީ ކުޅުނު 4 މެޗުން 3 މެޗު ކާމިޔާބުކޮށް 9 ޕޮއިންޓާ އެކުގަ އެވެ.

މިއަހަރުގެ މުބާރާތުގައި 5 ޓީމަކުން ވާދަކޮށްފައިވާ އިރު، ޓަރފް ކްއީން މޮޅުވެފައިވަނީ 3 މެޗުން ނެވެ. އެޓީމަށް 6 ޕޮއިންޓު ލިބިފައިވާ އިރު، ޒީރު ސްޓަރސް އަށް 3 ޕޮއިންޓު ލިބިފައިވަނީ އެއްމެޗުން މޮޅުވެގެން ނެވެ.

އެފްސީ ރެހެންދި ކުޅުނު ހުރިހާ މެޗަކުން ވެސް ވަނީ ބަލިވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް