428 މިލިއަން ރުފިޔާ ކަރަންޓު އަގު ހެޔޮކުރުމަށް ބަޖެޓުގައި ހިމަނައިފި

ސަރުކާރުގެ ކުންފުނިތަކުން ފޯރުކޮށްދޭ ކަރަންޓުގެ އަގު ހެޔޮ ކުރުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި 428 މިލިއަން ރުފިޔާ ހިމަނައިފި އެވެ. ދެހާސް އެކާވީސް ވަނަ އަހަރުގެ ބަޖެޓު މިއަދު ރައްޔިތުންގެ މަޖިލ...

09 Nov 2020 | 06:16

ސަރުކާރުގެ ކުންފުނިތަކުން ފޯރުކޮށްދޭ ކަރަންޓުގެ އަގު ހެޔޮ ކުރުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި 428 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

ދެހާސް އެކާވީސް ވަނަ އަހަރުގެ ބަޖެޓު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ ފެންވަރު ރަނގަޅު ހިދުމަތް އަގު ހެޔޮކޮށް ފޯރުކޮށްދޭން ކަމަށެވެ. އެކަން ކުރުމުގެ ގޮތުން 428 މިލިއަން ރުފިޔާ ހަމައެކަނި ސަރުކާރުން ފޯރުކޮށްދޭ ކަރަންޓުގެ އަގު ހެޔޮ ކުރުމަށް ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ.

ސަރުކާރުގެ ދެ ކުންފުންޏަކުން ދަނީ ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދެމުންނެވެ. އެއީ ފެނަކަ ކޯޕަރޭޝަން އާއި ސްޓެލްކޯ އެވެ. ސްޓެލްކޯ ކުންފުންޏަކީ ސަރުކާރުން ބޮޑު ސަބްސިޑީއެއް ދީގެން ހިންގާ ކުންފުންޏެކެވެ.

ސަބްސިޑީގެ ގޮތުގައި ސަރުކާރު ކުންފުނިތަކަށް އަންނަ އަހަރު 428 މިލިއަން ރުފިޔާ ދިނުމަށް ބަޖެޓުގައި ހިމެނުމުން ކަރަންޓުގެ އަގު ހެޔޮވާނެ ކަމަށް ބެލެވެ އެވެ. ސަރުކާރު ކުންފުނިތަކުން ލިބޭ އާމުދަނީ އަކީ ދައުލަތަށް އާމުދަނީ ހޯދުމުގެ ވަސީލަތަކެއް ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި ފާހަގަކޮށްފައި ނުވެ އެވެ. އޭގެ ބަދަލުގައި ބަޖެޓުގައި ވަނީ ކުންފުނިތަކުން ސަރުކާރުގެ ހިއްސާ ކުޑަކޮށް ވީހާވެސް ބޮޑަކަށް ޕްރައިވެޓައިޒް ކުރުމެވެ.

ފިނޭސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަށް ޕްރައިވެޓައިޒް ކުރުމުން އެ ކުންފުނިތަކުން ފައިދާ ގޮތުގައި ބޮޑު އާމުދަނީ އެއް ލިބޭނެ ކަމަށާއިި އަދި އެ ފައިސާ ރާއްޖޭގެ އިގްތިސޯދު ތެރޭގައި ދައުރުވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް