ހޮރެކާ އެންޑް އެގްރިކަލްޗަރ އެކްސްޕޯ މިމަހު 15ގައި ފެށުމަށް ތައްޔާރުވެއްޖެ

ހޮރެކާ އެންޑް އެގްރިކަލްޗަރ އެކްސްޕޯ މިމަހު 15ގައި ފެށުމަށް ތައްޔާރުވެއްޖެއެވެ. މިއީ ސަޕްލައި.އެމްވީ އިން ކުރިއައްގެންދާ މި އެކްސްޕޯ އެކެވެ. ސަައްތައިންސައްތަ އިންޓަރނެޓްގެ ޒަރިއްޔާއިން ކުރިޔައްގެންދާ...

09 Nov 2020 | 06:06

ހޮރެކާ އެންޑް އެގްރިކަލްޗަރ އެކްސްޕޯ މިމަހު 15ގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

މިއީ ސަޕްލައި.އެމްވީ އިން ކުރިއައްގެންދާ މި އެކްސްޕޯ އެކެވެ.

ސަައްތައިންސައްތަ އިންޓަރނެޓްގެ ޒަރިއްޔާއިން ކުރިޔައްގެންދާ މިއެކްސްޕޯގައި ކުދި އަދި ބޮޑެތި ވިޔަފާރިޔަކަށްވެސް އެބައެއްގެ މުދާތައް ރިޒޯޓު، ހޮޓާ، ގެސްޓްހައުސް އަދި ކެފޭތަކަށް ދައްކާލައި އެމީހުންނާ ބައްދަލުކޮށްލެވޭނެއެވެ.

ފަތުރުވެރިކަމާބެހޭ މިނިސްޓްރީއިން މިއެކްސްޕޯ އެންޑޯރޒްކޮށް ފާހަގަކޮށްފައިވަނީ ކުރު އަދި ދުރު ރާސްތާގައިވެސް ކުދި ވިޔަފާރިތަކަށް އެހީއަކަށްވާނެކަމަށެވެ.

އިވެންޓު ސްޕޮންސަރ ކުރުމާއި ބެހޭގޮތުން ވާހަކަދައްކަވަމުން އެންޒީގެ މެނޭޖަރ އިބްރާހިމް ނަޒީމް ވިދާޅުވީ، މިއީ ފަތުރުވެރިކަމުގެ ސިނާއަތުގައި ތިބި ކަސްޓަމަރުންނާއި ބައްދަލުވެ، ބްރޭންޑު އިޝްތިހާރު ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް އުފާވޭ ސަޕްލައި.އެމްވީއާއި އެކު މިއެކްސްޕޯގައި ބައިވެރިވާން، އަޅުގަނޑުމެން ގަބޫލުކުރަނީ މިއީ ފަތުރުވެރިކަމުގެ ސިނާއަތުގައި ތިބި ކަސްޓަމަރުންނާއި ބައްދަލުވެ އަޅުގަނޑުމެންގެ ބްރޭންޑްތައް އިޝްތިހާރުކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށް." ނަޒީމް ވިދާޅުވި އެވެ.

މިއެކްސްޕޯގެ ކެޓަގަރީ ސްޕޮންސަރުންގެ ތެރޭގައި ރެޑްބުލް، ކިމިރިކާ ހަންޓަރ، ބްރަދަރހުޑް އެންޓަރޕްރައިޒަސް އަދި ޓީ އެން ޑީ ވާޓަރ އެންޑް  އެނަރޖީ ގްރީން ސޮލިއުޝަނސް ހިމެނެއެވެ.

ސަޕްލައި.އެމްވީގެ މެނޭޖިންގ ޑީރެކްޓަރ ރާއިދު ޝާޒް ވަލީދު ވިދާޅުވީ ކުދި އަދި ބޮޑެތި ހުރިހާ ވިޔަފާރިތައްވެސް އެކްްސްޕޯގައި ބައިވެރިވުމަށް ގޮވާލާ ކަމަށެވެ.

""އަޅުގަނޑުމެން ގަބޫލް ކުރަނީ ދިވެހިރާއްޖޭގެ އެއްވަނަ އޮންލައިން ބީޓުބީ މާރކެޓްޕްލޭސްގެ ހައިޞިއްޔަތުން ސިނާއަތައް ތާއީދުކޮށް އެހީތެރިވުމަކީ އަޅުގަނޑުމެންގެ ޒިންމާއެއްކަމަށް" ރާއިދު ވިދާޅުވި އެވެ.

އެކްސްޕޯއާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 9466156ށް ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލް ކުރައްވާ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް