މުވާސަލާތީ ހިދުމަތް ދޭން ބޭނުންވާ ތިން ވަނަ ކުންފުންޏަކަށް ހުއްދަ ދޭން ނިންމާފައިވާ ކަމަށް ފިނޭސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓު ހުށަހަޅައި ދެެއްވަމުން އަމީރު ވިދާޅުވީ، ދައުލަތަށް އާމުދަނީ ހޯދަން އިތުރަށް ކުރާ މަސައްކަތުގައި ޓެލެކޮމް ލައިސަންސަށް ގެންނަ ބަދަލާއި ފުރިކުއެންސީ ސްޕެކްޓަމް ޗާޖެއް ނެގުން ހިމެނެ އެވެ. އަދި އެ ބަދަލުގެ ސަބަބުން ދައުލަތަށް އިތުރަށް300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.
އަމީރު ވިދާޅުވީ ޓެލޮކޮމް އެ ކުންފުންޏަށް ލައިސަންސް ދިނުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ކަމަށެވެ. މިހާރު ރާއްޖޭގައި ޓެލެކޮމް ހިދުމަތް ދެމުން ގެންދާ ދެ ކުންފުންޏަކީ އޫރިދޫ އާއި ދިރާގު އެވެ. އެ ދެ ކުންފުންޏަކީ ވެސް ސަރުކާރުގެ ހިއްސާ އޮންނަ ދެ ކުންފުންޏެވެ. ބެލެވޭ ގޮތުގައި އަލަށް ހިދުމަތް ދިނުމުގެ ލައިސަންސް ދޭނީ އިންޑިއާ ކުންފުންޏަކަށެވެ.
މިއަހަރުގެ ކުރީކޮޅު އިންޑިއާގެ ކުންފުންޏަކުން ވަނީ ރާއްޖޭގައި ޓެލަކޮމް ހިދުމަތް ދިނުމުގެ ޝައުގުވެރިކަން ފައުޅުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް