މޫސުން ގޯސްވެ ދެކުނުގެ ފަސް އަތޮޅަށް ރީނދޫ އެލާޓު ނެރެފި އެވެ.
އެލާޓު ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށެވެ. އެލާޓު ނެރުނީ މިއަދު ހެނދުނު 10:30 ން މެންދުރު ފަހު 2:30 އަށެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި އެ ސަރަހައްދުގެ ރަށްތަކަށް ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެ އެވެ.
ރީނދޫ އެލާޓު ނެރެނީ މޫސުން ގޯސްވެ ދިމާވެދާނެ ހާދިސާއަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ. އާންމުކޮށް ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހެފިނަމަ ގޭގެއަށް ފެން ވަނުމުގެ ހާސިދާތައް ކުރިމަތިވެ އެވެ.
މިއަދުގެ މޫސުން ކުރިޔަށް ލަފާކޮށްފައިވާ ގޮތަށް ބަލާއިރު މޫސުން ގޯސްވާނެ ކަމަށް ބުނެފައިވަނީ މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށެވެ. ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވަނީ ދެކުނުގެ އަތޮޅުތަކަށެވެ.
މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް