ޖަނގިޔާ އަކީ ވެސް އައުރަ ނިވާކުރުމަށް ބޭނުން ކުރާ ފޭރާމުގެ ބައެކެވެ. އެގޮތުން އެންމެންވެސް ހަނގިޔާގެ ބޭނުން ހިފައެވެ.
ފަހަކަށް އައިސް އާންމު ކޮށް ގިނައިން ޖަނގިޔާ ލާ އުޅެނީ އަންހެނުން ނެވެ.
ޖަނގިޔާ ލުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ކޮންމެ ކަމެއްގައިވެސް ރަނގަޅު ގޮތާ ނުރަނގަަޅު ގޮތް އޮންނަކަން އަހަރެމެން އެންމެންނަށް ވެސް އެނގޭއިރު، ރަނގަޅު ގޮތުގައި ހިފުމަކީ އެންމެ ބުއްދިވެރި ގޮތެވެ.
އެގޮތުން މި ލިޔުމުގައި މި ބަލާލަނީ އަންހެނުން ޖަނގިޔާ ލުމާއި ބެހޭގޮތުން ދާދި ފަހުން އެމެރިކާގެ ކެލިފޯނިއާގެ ޔުނިވާސިޓީއެއް ކަމުގައިވާ ބާކްލޭއިން ހެދި ސިއްޚީ ދިރާސާއެއްގެ މައްޗަށެވެ.
ކެލިފޯނިއާ ބާކްލޭ ޔުނިވާސިޓީގެ ޖޯނަލް އޮފް ޔޫރަޕިއަން އެޕިޑެމިކް އެންޑް ގައިނޮކޮލޮޖީ އެންޑް ރިޕްރޮޑަލްޓިވް އެޕިޑަމިއޮލޮޖިކަލް އިން ހެދި މި ދިރާސާއިން ހާމަވާ ގޮތުގައި ޖަނގިޔާ ލުމުގައި އަންހެނުން ވަރަށް ބޮޑަށް ސަމާލުކަމެއް ދޭންޖެހެއެވެ. އެހެނީ ކޮންމެ ކަހަލަ ފެބްރިކް މެޓީރިއަލުން ތައްޔާރު ކުރާ ޖަނގިޔާ އަކީ ލާން އެންމެ ރަނގަޅު ޖަގިޔާ އަށް ނުވާތީ އެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި ސިންތެޓިކް ފެބްރިކްސް މެޓީރިއަލުން ތައްޔާރު ކޮށްފައި ހުންނަ ޖަނގިޔާ އިން ވައި ބޭރެއް ނުވެއެވެ. އެހެން ކަމުން މި ބާވަތުގެ ފެބްރިކް އިން ތައްޔާރު ކުރާ ޖަނގިޔާ ބޭނުން ކުރުމަކީ އަންހެނުން ނަށް ވެސް އަދި ފިރިހެނުންނަށް ވެސް ރައްކާތެރި ކަމެއް ނޫނެވެ.
މި ދިރާސާގައި ވާގޮތުން ސިންތެޓިކް ފެބްރިކްސް މެޓީރިއަލް ބޭނުން ކޮށްގެން ތައްޔާރު ކުރާ ޖަނގިޔާ ބޭނުން ކުރުމުގެ ސަބަބުން ވައި ބަންދުވެ އުފެދޭ އުދާސްތަކުގެ ސަބަބުން ޔީސްޓް ނަމަކަށް ކިޔާ އިންފެކްސަނެއް އުފެދެއެވެ. އަދި މި އިންފެކްސަންގެ ސަބަބުން އަންހެނުން ދަރިމައި ވުމަށް މައްސަލަތެކެއް ކުރިމަތިވެެެއެވެ.
އެގޮތުމް އައުރަ ގުނަވަން ސަރަހައްދުގައި އުފެދޭ މި އިންފެކްސަންގެ އަސަރު އަންހެން މީހާގެ ރަހިމުގެ ތެރެއަށް ކުރެއެވެ. ނަތީޖާއެއްގެ ގޮތުން ރަހިމުގެ ތެރޭގައި ދަރިމައިވާ ހިސާބުގައި ހުންނަ ބައެއް ސެލްތަކަށާއި ޓިސޫތަކަށް މި އިންފެކްސަންގެ އަސަރު ފޯރާ ދަރިމައިވުމަށް ހުރަސްތަކާއި ކުރިމަތިވާ ކަމަށް ދިރާސާގައި ބުނެފައިވެއެވެ.
ދިރާސާގައި ބުނެފައިވާ ގޮތުން ޔީސްޓް އިންފެކްސަންއޭ މިކިޔާ އިންފެކްސަން އުފެދުމުން ކުރިމަތިވާ އަލާމާތަކައް ބަލާއިރު، އައުރަ ގުނަވަނާއި ރަހިމުތެރެ ކަހާ ހިރުވުމާއި، ދިލަ ނެގުމާއި ރަހިމު ތެރެ ދުޅަވުމާއި ހުދު ކުލައިގެ ދިޔައެއް ފައިބާގޮތް މެދުވެރިވެއެވެ.
އެހެން ކަމުން ސިންތެޓިލް ފެބްރިކްސް މެޓީރިއަލް އިން ތައްޔާރު ކޮށްފައި ހުންނަ ޖަނގިޔާ ބޭނުންކުރުމުގެ ބަދަލުގައި ކޮޓަން ފެބްރިކްސް މެޓީރިއަލުން ތައްޔާރު ކޮށްފައި ހުންނަ ޖަނގިޔާ ބޭނުން ކުރުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށް މި ދިރަަސާގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް