އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ބްރޮމް އަތުން ފަހު ވަގުތު ޓޮޓެންހަމް ހޮޓްސްޕާ ސަލާމަތްވެއްޖެ އެވެ.
ރަށުން ބޭރުގައި ކުޅުނު މި މެޗުން ޓޮޓެންހަމް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ލަނޑެއް ނުޖެހި ނިމުނު އިރު، މި ހާފުގައި ލަނޑު ޖަހާނެ މާ ހުސްފުރުސަތެއް ވެސް އެއްވެސް ޓީމަކަށް ލިބިފައެއް ނުވެއެވެ.
އެއްވެސް ޓީމަލަށް ލަނޑެއް ނުޖެހި އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، މިމެޗުގައި ޓޮޓެންހަމް މޮޅުވި ލަނޑު ޖެހީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ހެރީ ކޭންއެވެ.
ކޭން މި ލަނޑު ކާމިޔާބުކުރީ މެޓް ޑޮހަޓީ ނަގައިދިން ހުރަހަކުންނެވެ. މި ލަނޑާއެކު ޕްރިމިއާ ލީގުގައި ކޭން ކާމިޔާބުކުރި ލަނޑުތަކުގެ އަދަދު ވަނީ 150 އަށް އަރާފައެވެ. އަދި ކޭން ވެގެން ގޮސްފައިވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި 150 ލަނޑު ހަމަކުރި 10 ވަނަ ކުޅުންތެރިއާގެ ގޮތުގައެވެ.
މި މޮޅާއެކު ޓޮޓެންހަމް އޮތީ 17 ޕޮއިންޓާއި އެކު ތާވަލުގެ ދެވަނައިގައެވެ. އަދި ޓޮޓެންހަމް އަތުން ބަލިވި ވެސްޓް ބްރޮމް އޮތީ 3 ޕޮއިންޓާއި އެކު ތާވަލުގެ ފުލުން ތިންވަނައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް