ރޮނާލްޑޯ އަށް އަނިޔާގެ މައްސަލަ ކުރިމަތި ވެއްޖެ

ކޮވިޑަށް ފައްސިވެ ކުޅުމާއި ދުރުގަ ހުރުމަށްފަހު ކުޅުމުގެތެރެއަށް އެނބުރި އައި ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އަނިޔާގެ މައްސަލަ ކުރިމަތި ވެއްޖެއެވެ. ރޮނާލްޑޯއަށް އަނިޔާވީ ރޭ އިޓާލިއަން ލީގުގައި ލާޒިއ...

08 Nov 2020 | 23:25

ކޮވިޑަށް ފައްސިވެ ކުޅުމާއި ދުރުގަ ހުރުމަށްފަހު ކުޅުމުގެތެރެއަށް އެނބުރި އައި ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އަނިޔާގެ މައްސަލަ ކުރިމަތި ވެއްޖެއެވެ.

ރޮނާލްޑޯއަށް އަނިޔާވީ ރޭ އިޓާލިއަން ލީގުގައި ލާޒިއޯއާއި ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗުގައި ރޮނާލްޑޯގެ ފައިގެ ކުޑަހުޅަށެވެ.

ރޮނާލްޑޯއަށް އަނިޔާގެ މައްސަލަ ކުރިމަތި ވިކަން ޔުވެންޓަސްގެ ކޯޗު ޕިރްލޯވެސް ވެސް ވަނީ ޔަގީން ކޮށް ދީފައެވެ. ނަމަވެސް ރޮނާލްޑޯގެ އަނިޔާގެ މާބޮޑު ތަފްސީލެއް ޕިރްލޯ ދީފައެއް ނުވެއެވެ.

މި މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޕިރްލޯ ބުނީ ރޮނާލްޑޯ ކުޅޭ ކޮންމެ ޓީމަކަށްވެސް އެންމެ މިނެޓަކަށްވެސް އޭނާ ދަނޑުމަތީގައި ނެތްނަމަ އެކަމުގެ އުނދަގުލާ ކުރިމަތިލާން ޖެހޭނެ ކަމަށާއި އެހެންނަމަވެސް އަނިޔާ ވުމާއި ގުޅިގެން އަނިޔާ އިތުރަށް ގޯސްވިޔަ ނުދިނުމަށް އޭނާ ބަދަލުކުރީ ކަމަށެވެ.

ރޮނާލްޑޯއަށް އަނިޔާވެ އިތުރަށް މެޗުގައި ނުކުޅެވި ބަދަލްކުރަން ޖެހުނީ ދެވަނަ ހާފުގެ 76 ވަނަ މިނެޓުގައެވެ. މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ރޮނާލްޑޯ ވަނީ މި މެޗުގައި ޔުވެންޓަސްއަށް ލަނޑުވެސް ޖަހައިދީފައެވެ.

މެޗުގެ ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ރޮނާލްޑޯގެ ލަނޑުން ޔުވެންޓަސް މޮޅުވަން ދަނިކޮށް ކާމިޔާބުކޮށް ލާޒިއޯއިން މެޗުފެ ނަތީޖާ ހަމަހަމަކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ 4 މިނެޓުގެވެސް ހަމަވިފަހުންނެވެ. 95 ވަނަ މިނެޓުގައި އެޓީމަށް މިލަނޑު ކާމިޔާބުކޮށްދިނީ ފެލިޕޭ ސައިސެޑޯއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް