ކުރިޔަށް އޮތް ދުވަހު މުޅި ރާއްޖެއަށް ވިއްސާރަވާނެ

ކުރިއަށް އޮތް ތިން ދުވަހު ހުރިހާ ސަރަހައްދަކަށް ވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފި އެވެ. މެޓުން ބުނީ މި ވިއްސާރައިގައި ބައެއް ސަރަހައްދުތަކަށް ގުގުރުން ވެސް އެކަށީގ...

09 Oct 2026 | 05:42
މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރޭ -- ދުވަސް ފޮޓޯ: އަޒްމީ އަލީ

މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރޭ -- ދުވަސް ފޮޓޯ: އަޒްމީ އަލީ

ކުރިއަށް އޮތް ތިން ދުވަހު ހުރިހާ ސަރަހައްދަކަށް ވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފި އެވެ.

މެޓުން ބުނީ މި ވިއްސާރައިގައި ބައެއް ސަރަހައްދުތަކަށް ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. ވާރޭވެހުނު ކަމުގައި ވިޔަސް ވައި އާންމު ގޮތެއްގައި މަޑުވާނެ ކަމަށާއި ކަނޑުތައް ވެސް މާ ބޮޑަށް ގަދަނުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ގުގުރައި ބޯކޮށް ވާރޭވެހުމުގެ ފުރުޞަތު އޮތުމުން މިއަދު ހެނދުނު 08:45 އިން 14:45 އަށް މާލެ އަތޮޅުން ފެށިގެން ކޮޅުމަޑުލާ ދެމެދުގެ ސަރަހައްދަށް ހުދު ސަމާލު ނެރެފައިވެއެވެ.

މިހާރު ކުރަމުން މިދަނީ މޫސުމީ ވިއްސާރައެއް ކަމަށް ބުނެފައިވެ އެވެ.

މި އޮކްޓޫބަރު މަހަށް ބަލާއިރު، އެހެން އަހަރުތަކުގައި އާންމުކޮށް ވެހޭ ވަރަށް ވުރެ ގިނައިން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވާރޭ ވެހޭނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ. އެހެން ނަމަވެސް ދެކުނުގެ އަތޮޅުތަކަށް ވާރޭވެހޭ މިންވަރު އޮކްޓޫބަރު މަހުގެ އާންމު މިންގަނޑަށް ވުރެ ދަށްވާނެ ކަމަށް ބެލެވެއެވެ.

ފިނިހޫނުމިނަށް ބަލާ ނަމަ، މި މަހު މުޅި ރާއްޖޭގައި ވެސް އެންމެ މައްޗަށާއި އެންމެ ދަށަށް ދާ މިންވަރު އާންމު މިންގަނޑަށް ވުރެ މަތީގައި ހުންނާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް