އޮންލައިން ވިޔަފާރި ކުރުމަށް ހުރި ދަތިތައް ހައްލު ކުރަން ރެއާ ދުވާލު މިދަނީ މަސައްކަތް ކުރަމުން: ރައީސް

އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް އޮފީހުގައި ކުރިޔަށް ގެ...

09 Oct 2026 | 05:40
ރައްޔިތުންގެ އަޑު ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ އަޑު ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް އޮފީހުގައި ކުރިޔަށް ގެންދާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސާއި ބައްދަލުކުރި ފަރާތަކުން ވަނީ ޓޭމޫ ފަދަ ސައިޓުތަކުން އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ފާހަގަކޮށްފަ އެވެ. އެކަން ހައްލުކޮށްދޭން ވެސް އެދުނެވެ. އޭނާ ބުނީ އޭރުން ރައީސަށް އޮތް ތާއީދު ވަރަށް އިތުރުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެ ކަން ހައްލު ކުރެއްްވުމަށް ރެއާއި ދުވާލު މަސައްކަތް ކުރަމުންދާ ގެންދަވާ ކަމަށެވެ. އަދި އިރާދަކުރެއްވިއްކާ އޮންލައިން ވިޔަފާރި ކުރުމަށް ހުރި ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވި އިރު އޮންލައިންކޮށް ވިޔަފާރި ކުރުމަކީ ދިވެހިން ވަރަށް ބޮޑަށް ކުރަމުން އައި ކަމެކެވެ. މިހާބޮޑަށް މިގޮތަށް ވިޔަފާރި ކުރުން ކޮންޓްރޯލްކޮށް ފިޔަވަޅުތަކެއް އެޅި މިއީ ފުރަތަމަ ފަހަރެވެ.

އެކަމާއި ގުޅިގެން ސަރުކާރާއި ބޭންކުތަކަށް ރައްޔިތުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް