އިތުރު 66 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ

ރާއްޖެއިން މިއަދު އިތުރު 66 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވީ މާލެއިން 60 މީހުންނާއި އަތޮޅުތެރެއިން ހަ މީހުން ކަމަށެވެ. ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނ...

09 Oct 2020 | 18:30

ރާއްޖެއިން މިއަދު އިތުރު 66 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވީ މާލެއިން 60 މީހުންނާއި އަތޮޅުތެރެއިން ހަ މީހުން ކަމަށެވެ. ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 54 ދިވެހިންނާއި 12 ބިދޭސީންނެވެ.

މިއަދު 1،232 ސާމްޕަލް ޓެސްޓު ކޮށްފައިވެ އެވެ.

މިހާރު ކޯވިޑަށް ފަރުވާ ދެމުން ދަނީ 1،113 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 74 މީހުންނަށެވެ.

މިވަގުތު އަތޮޅު ތެރޭގެ 21 ރަށެއްގައި ކޯވިޑަށް ޕޮސިޓިވް 147 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 83 ދިވެހިންނާއި 64 ބިދޭސީންނެވެ.

މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 9،654 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 10،808 މީހުންނެވެ. އޭގެ ތެރެއިން މަރުވީ 34 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް