ބޮލީވުޑްގެ ބަތަލް އާމިރް ހާންގެ ދަރިފުޅު އީރާ ހާން އާ މަސައްކަތެއް ދަސްކޮށްފައިވާކަމަށް ބުނެ އިންސްޓަގްރާމްގައި ޓެޓޫ ޖަހާފައިވާ ފޮޓޯ އާއި ވީޑިއޯ އާންމު ކުރުމުން މުސްލިމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ޓެޓޫ ޖަހާފައިވާ ފޮޓޯ އާންމުކޮށް އީރާގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ބުނެފައިވަނީ އެއީ އޭނާ ޖެހި ފުރަތަމަ ޓެޓޫ ކަމަށެވެ. އަދި އިތުރު އެ މަސައްކަތްކަތެއް ދަސްވެއްޖެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
އީރާ އާންމުކޮށްފައިވާ ފޮޓޯއަކީ އޭނާއަށް ޓެޓޫ ޖަހަން ދަސްކޮށްދިން މީހާ އަތުގައި ކުރަހާފައިވާ ނަގިއްޔެކެވެ.
އީރާ ޓެޓޫޖަހަން ދަސްކުރި ހަބަރަު އިންޑިއާގެ ނޫސްތަކުގައި ޖެހުމުން ގިނަ މުސްލިމުން އީރާއަށް ފާޑު ކިޔުމުން އެކަން ވަނީ އިންޑިއާ މީޑިއާގެ ސަމާލުކަމަށް އައިސްފައި އެވެ. މި ހަބަރު ލިޔެފައިވާ ނޫސްތަކުގައި ބުނެފައިވާގޮތުގައި އީރާގެ ހަބަރާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރި މީހުން ވަނީ ޓެޓޫ ޖެހުމަކީ އިސްލާމް ދީނުގައި ހަރާމް ކަމެއް ކަމަށް ބުނެފައި އެވެ.
އެކަން އީރާއަށް ނޭނގޭތޯ ސުވާލުކޮށްފައިވެ އެވެ. އަދި އީރާ މެންފަދަ ތަރިންނަކީ ކޮން ގޮތަކަށް އިސްލާމް ދީން ގަބޫލުކޮށްގެން އުޅޭ ބައެއްތޯ ގިނަ ބަޔަކު ސުވާލުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
އީރާ އަކީ އާމިރް ހާންގެ ފުރަތަމަ އަނބިމީހާ ރީނާ ދައްތާގެ އަށް ލިބިފައިވާ ކުއްޖެކެކެވެ. އީރާއަށް މިހާރު 23 އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް