ލ. ގަމުން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ލ. ގަމުން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެކަން ހާމަކޮށް އެ ރަށު ކައުންސިލުން ބުނެފައިވަނީ ލ. ގަމުގައި ހޯމް ކަރަންޓީނު މުއްދަތު ނިންމި ފަރާތެއް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިކަމަށެވެ....

09 Oct 2020 | 14:53

ލ. ގަމުން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެކަން ހާމަކޮށް އެ ރަށު ކައުންސިލުން ބުނެފައިވަނީ ލ. ގަމުގައި ހޯމް ކަރަންޓީނު މުއްދަތު ނިންމި ފަރާތެއް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިކަމަށެވެ.

"ހުރިހާ ބޭފުޅުންވެސް ރައްކާތެރިކަމުގެ ގޮތުން މި ހާލަތުގައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުއްވުން އެދެން" އެ ރަށު ކައުންސިލުން ބުނެފައިވެއެވެ.

އެ ރަށު ކައުންސިލުން އިތުރަށް ބުނެފައިވަނީ މި ހާލަތުގައި ގެއިން ބޭރަށް ނިކުންނައިރު މާސްކު އެޅުން މަޖުބޫރު ކަމަށާއި ގޭގެއަށް ޒިޔާރތްކުރުން މަދުކުރުމަށާއި ގިނަ ގިނައިން އަތް ދޮވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މީގެ ކުރިންވެސް ހޯމް ކަރަންޓީނުގައި ހުރި މީހަކު އެ ރަށުން ޕޮޒިޓިވް ވިއެވެ. އެމީހާ މިހާރު ވަނީ ރަނގަޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް