ލަންކާގައި ފޭކް ކާފިއު ލިޔުންތަކެއް ފޭސްބުކް ގައި ޕޯސްޓުކުރަމުންދިޔަ ޒުވާނަކު ހައްޔަރުކޮށްފި

ފޭކް ކާފިއު ލިޔުންތަކެއް ފޭސްބުކް ގައި ޕޯސްޓުކުރަމުންދިޔަ ޒުވާނަކު ލަންކާގައި ހައްޔަރުކޮށްފި އެވެ. ނިއުސްވަޔަރ ގައި ބުނެފައިވާ ގޮތުގައި އެ މައްސަލައިގާ ސްރީލަންކާގައި 18 އަހަރުގެ ޒުވާން ފިރިހެން ކުއްޖ...

09 Oct 2020 | 14:08

ފޭކް ކާފިއު ލިޔުންތަކެއް ފޭސްބުކް ގައި ޕޯސްޓުކުރަމުންދިޔަ ޒުވާނަކު ލަންކާގައި ހައްޔަރުކޮށްފި އެވެ.

ނިއުސްވަޔަރ ގައި ބުނެފައިވާ ގޮތުގައި އެ މައްސަލައިގާ ސްރީލަންކާގައި 18 އަހަރުގެ ޒުވާން ފިރިހެން ކުއްޖަކު ވަނީ ހައްޔަރު ކޮށްފަ އެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ކުއްޖެއްކަމެއް ހާމައެއް ނުކުރެއެވެ.

އެ ނޫހުގައި އިތުރަށް ބުނެފައިވަނީ އެގައުމުގެ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

ކޮލޮމްބޯ ޗީފް މެޖިސްޓްރޭޓް ކޯޓަށް އޭނާ ގެންދިއުމުން މި މަހުގެ 22 ވަނަ ދުވަހާއި ހަމައަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށްވެސް އެ ނޫހުގައި ބުނެފައި ވެއެވެ.

އެ ނޫހުގައި ބުނެފައިވާ ގޮތުގައި ފޭކް ކާފިއު ލިޔުންތައް އޭނާ ތައްޔާރުކޮށްފައިވަނީ ޕްރެޒިޑެންޝިއަލް ސެކްރެޓިއޭޓް ގެ ލެޓަރ ހެޑާއި ތައްގަނޑު ވެސް ބޭނުން ކޮށްގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް