ތ. ގުރައިދޫ ގެއެއްގައި ކަރަންޓު ޝޯޓެއްވެ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި

ތ. ގުރައިދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. އަލިފާން ރޯވެފައިވަނީ އެ ރަށު ގާދިފުށި ގޭގައި އެވެ. ގުރައިދޫ ކައުންސިލުން ބުނީ އަލިފާނުގެ ހާދިސާ ހިނގިކަން އެނގު...

09 Oct 2020 | 11:05

ތ. ގުރައިދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އަލިފާން ރޯވެފައިވަނީ އެ ރަށު ގާދިފުށި ގޭގައި އެވެ. ގުރައިދޫ ކައުންސިލުން ބުނީ އަލިފާނުގެ ހާދިސާ ހިނގިކަން އެނގުނީ މިއަދު ހެނދުނު 11:30 ހާއިރު ކަމަށެވެ.

މި އަލިފާންގަނޑު ނިއްވާލެވުނީ މެންދުރު 12:00 ހާއިރު އެ ރަށު ފުލުހުންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުންނެވެ. މި ހާދިސާގައި އެގޭ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެބެ އެވެ.

މި ހާދިސާގައި އެގޭގައި ހިފާ ގެންގުޅޭ ހުރިހާ އެއްޗެއް ހެން އަދާފައިވާ ކަމަށް ގުރައިދޫ ކައުންސިލުން މައުލޫމާތުދެ އެވެ.

މި ހާދިސާ އާއި ގުޅިގެން ގުރައިދޫ ދާއރާގެ މެމްބަރު ގައްސާން މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ގޭގެ ވެރިފަރާތް ކަމަށްވާ އާމިނަތު ދީދީ އާއި ގުޅައި ފޯނުން ވާހަކަދައްކާފައިވާ ކަމަށެވެ. އަދި އަލިފާން ރޯވުމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ކަމާއި ގުޅުންހުރި އިދާރާތަކާއި މުއައްސަސާތަކުގައި ދަންނަވައިގެން ހައްލުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެގޭގައި ދިރިއުޅެނީ ދެމައިންނެވެ. ރަށު ކައުންސިލާއި ރައްޔިތުން ދަނީ ދެ މައިންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް