ޤާސިމް ޙަސަން މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރާ އަދުހަމްގެ ޝަރީޢަތުގެ އަޑުއެހުމެއް މިމަހު 11 ގައި ބާއްވަނީ

ޓެކްސީ ޑްރައިވަރު ޤާސިމް ޙަސަން މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރާ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުޙައްމަދުގެ ޝަރީޢަތުގެ އަޑުއެހުމެއް މިމަހު 11 ގައި ބާއްވަން ކްރިމިނަލް ކޯޓުގައި ތާވަލުކޮށ...

09 Oct 2020 | 10:20

ޓެކްސީ ޑްރައިވަރު ޤާސިމް ޙަސަން މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރާ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުޙައްމަދުގެ ޝަރީޢަތުގެ އަޑުއެހުމެއް މިމަހު 11 ގައި ބާއްވަން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

އަދުހަމްގެ މައްޗަށް ދައުލަތުން ކޮށްފައުވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ހެދުނު 10:00 އަށެވެ.

މިއަހަރުގެ ފެބުރުއަރީ މަހު ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި، ޓެކްސީ ޑްރައިވަރު ޤާސިމް ޙަސަން މަރާލި މައްސަލައިގައި އަދުހަމް ވަނީ އޭނާގެ ކުށަށް އިޢުތިރާފްވެފަ އެވެ. އަދުހަމް އެތުހުމަތަށް އިޢުތިރާފްވެފައިވާތީ ކުރިރިއަށްގެންދިޔަ އަވަސް ނިޔާގެ ޝަރިޢަތުގެ ފަހުގެ އަޑުއެހުމުގައި އޭނާ ވަނީ ކުރިންވި، އިއުތިރާފްތައް އަނބުރާ ގެންގޮސް ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

އެހެންކަމުން އަވަސް ނިޔާގެ ޝަރީޢަތުގެ މަރުހަލާ މިހާރު ވަނީ ނިމުމަކަށް އައިސްފަ އެވެ.

ހުޅުމާލޭގައި މީހުން އާބާދުވެފައިނުވާ، އަދި މިހާރު އިމާރާތްކުރުމުގެ މަސައްކަތްތައް ހިނގަމުންދާ ސަރަހައްދެއްކަމަށްވާ ރީތި ގަސް މަގާއި ގުޅިފައިވާ ގޯޅިއެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން، އދ. މާމިގިލީ ކަނީރުމާގޭ ޤާސިމް ހަސަން މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ. ގާސިމް ހަސަންއަށް ހަމަލާދީފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

މިމައްސަލާގައި އެންމެ ފަހުން އަޑުއެހުމެށް ބާއްވަފައިވަނީ މިމަހުގެ ފުރަތަމަ ދުވަހު އެވެ. އެދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި އަދުހަމް ވަނީ އޭނާއަށް ދައުލަތުން ހަމަޖައްސާދީފައިވާ ވަކީލުގެ ބަދަލުގައި އަމިއްލައަށް ވަކީލަކު ހަމަޖައްސައިގެން ކުރިއަށްދިއުމަށް ބޭނުންވާކަމަށް ބުނެފަ އެވެ.

އެދުވަހުގެ ޝަރީޢަތުގައި މިމައްސަލަ ބައްލަވާ ޤާޟީ ވަނީ ވަކީލަކު ހަމަޖެއްސުމަށް އަދުހަމަށް ފަސްދުވަހުގެ މުއްދަތެއްދީފަ އެވެ. އަދި ވީއެންމެ އަވަހަކަށް އަޑުއެހުމެއް ބާއްވަނެކަމަށްވެސް އެދުވަހު ޤާޟީ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް