24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވް ވީ އިއްޔެ، މިއީ ރެކޯޑެއް

24 ގަޑިއިރެއްގެ ތެރޭގައި މުޅި ދުނިޔެއިން ކޯވިޑަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އިއްޔެ ކަމަށާއި އެއީ ރެކޯޑު ޢަދަދެއް ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނ...

09 Oct 2020 | 08:57

24 ގަޑިއިރެއްގެ ތެރޭގައި މުޅި ދުނިޔެއިން ކޯވިޑަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އިއްޔެ ކަމަށާއި އެއީ ރެކޯޑު ޢަދަދެއް ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މުޅި ދުނިޔެއިން 338،779 ކޮވިޑް ކޭސް ފެނިފައިވާ ކަމަށެވެ.

ޑަބްލިއުއެޗްއޯ ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި 78،524 ކޯވިޑް ކޭސް ހަމައެކަނި އިންޑިއާ އިން ވަނީ ފެނިފަ އެވެ. މިއީ އެއްދުވަހާ އެންމެ ގިނައިން ކޯވިޑް ކޭސް ފެނުނު ގައުމުވެސް މެއެވެ.

މީގެ އިތުރުން ބްރެޒިލް އިން 41،906 ކޭސް ފެނިފައިވާ އިރު، އެމެރިކާއިން 38،904 ކޭސް ވަނީ ފެނިފަ އެވެ.

އެންމެ ގިނަ ކޯވިޑް ކޭސް ފެނިފައިވާކަމަށް މީގެ ކުރިން ރެކޯޑްކުރެވިފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ. އެދުވަހު 330،340 ކޯވިޑް ކޭސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނިފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ ރެކޯޑުކޮށްފަ އެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މުޅިދުނިޔެއިން 5514 މީހުން ކޯވިޑް ބަލީގައި މަރުވެފައިވާ ކަމަށްވެސް ވަނީ ރެކޯޑުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް