ބޯޑަރު ހުޅުވާލިފަހުން ރާއްޖެއައި ފަތުރުވެރިންގެ އަދަދު 22 ހާހުން މައްޗަށް

ކޮވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ހުޅުވާލިފަހުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 22 ހާހުން މައްޗަށް އަރައިފިއެވެ. އެގޮތުން ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާ...

09 Oct 2020 | 04:51

ކޮވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ހުޅުވާލިފަހުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 22 ހާހުން މައްޗަށް އަރައިފިއެވެ.

އެގޮތުން ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ޖުލައި 15 އިން މި މަހުގެ ފަހަކާއި ދެމެދުގެ މުއްދަތުގައި 22،007 ފަތުރުވެރިއަކު ވަނީ ރާއްޖެ އައިސްފައެވެ.

އެ ތަފާސްހިސާބަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއައިސްފައިވަނީ ރަޝިޔާއިންނެވެ. އެއީ 3،598 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އެކުވެރި އަރަބި އިމާރާތުންނެވެ. އެ ގައުމުން 2،967 ފަތުރުވެރިއަކު ރާއްޖެއައިސްފައިވެއެވެ. މި މުއްދަތުގައި ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އެމެރިކާއިންނެވެ. އެ އަދަދަކީ 2،032 ފަތުރުވެރިންނެވެ.

ފަތުރުވެރިން މިހާރު އަންނަ އެވްރެޖަށް ބަލާލާއިރު ފާއިތުވި ތިން މަހުވެސް އެވްރެޖް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ޖުލައިމަހު ދުވާލަކު އެވްރެޖްކޮށް 117 ފަތުރުވެރިން އައިސްފައިފާއިރު، އޮގަސްޓްގައި ދުވާލަކު އެވްރެޖް 246 ފަތުރުވެރިން އައިސްފައިވެއެވެ. އަދި ނިމިދިޔަ ސެޕްޓެމްބަރުމަހު ދުވާލަކު އެވްރެޖްކޮށް 318 ފަތުރުވެރިން ރާއްޖެއައިސްފައިވާއިރު މި މަހުގެ އެވްރެޖް އުޅެނީ ދުވާލަކަށް 628 ފަތުރުވެރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް