ރިއާ ޖަލުގައި 28 ދުވަސް ހޭދަ ކުރި ގޮތް ހާމަކޮށްފި

ބޮލީވުޑްގެ ކުރީގެ ބަތަލް ސުޝާންތު ސިންގް ރާޖްޕުޓްގެ މަރުގެ މައްސަލަގައި ހައްޔަރު ކުރި އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ 28 ދުވަހު ޖަލުގައި ހޭދަ ކުރިގޮތް ހާމަކޮށްފި އެވެ. އެ މައްސަލައިގަ ރިއާ ހައްޔަރު ...

09 Oct 2020 | 03:03

ބޮލީވުޑްގެ ކުރީގެ ބަތަލް ސުޝާންތު ސިންގް ރާޖްޕުޓްގެ މަރުގެ މައްސަލަގައި ހައްޔަރު ކުރި އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ 28 ދުވަހު ޖަލުގައި ހޭދަ ކުރިގޮތް ހާމަކޮށްފި އެވެ.

އެ މައްސަލައިގަ ރިއާ ހައްޔަރު ކުރީ ސުޝާންތަށް މަސްތުވާތަކެތި ދިން ކަމަށް ތުހުމަތުކޮށެވެ. އޭނާ ހައްޔަރުކޮށް ދެ ފަހަރު މުއްދަތު ޖެހުމަށް ފަހު މިނިވަންވީ ކަފާލާތުގެ ދަށުންނެވެ.

ރިއާ ޖަލުގައި ހޭދަ ކުރި ދުވަސްތަކާއި ބެހޭގޮތުން އޭނާގެ ގާނޫނީ ވަކީލު ބުނީ ރިއާ އާއި މެދު އަމަލު ކުރާގޮތް ބެލުމަށް އޭނާ ވަކިން ޖަލަށް ދިޔަ ކަމަށެވެ. ރިއާގެ ފަރާތުން ފެނުނީ ވަރަށް ތަފާތު މަންޒަރެއް ކަމަށް ބުންޏެވެ.

ވަކީލު ބުނީ ރިއާ ކޮންމެ ދުވަހަކު ޔޯގާ ހަދައި ޖަލުގައި އެއްކޮށް އުޅުނު މީހުންނަށް ޔޯގާ ހަދާގޮތް ދަސްކޮށްދޭ ކަމަށެވެ. އަދި ޖަލުގެ ކާއެއްޗިއްސާއި މެދު ރިއާ އެއްވެސް މައްސަލައެއް ނުޖައްސާ ކަމަށް ބުނެފައިވެ އެވެ.

ވަކީލު ބުނީ ރިއާއަށް ޖަލުގެ މާހައުލުގައި އުޅުނީ ވަރަށް ހަމަޖެހިގެން އެއްވެސް ދަތިކަމެއް ނެތި ކަމަށެވެ.

ރިއާ ކަފާލާތުގެ ދަށުން މިނިވަން ކުރީ އެއް ލައްކަ ރުޕީސް ކޯޓަށް ދެއްކުމުންނެވެ. ރިއާގެ ގާނޫނީ ވަކީލު ކުރިން ކޯޓުގައި ބުނެފައިވަނީ ސުޝާންތު މަސްތުވާތަކެތީގެ އަވައިގަ ޖެއްސީ ރިއާ ކަމަށް ނުބުނެވޭނެ ކަމަށެވެ.

އެއީ ސުޝާންތު ރިއާ އާއި ލޯބީގެ ގޮތުން ގުޅުމުގެ ކުރިންވެސް މަސްތުވާތަކެތި ބޭނުން ކުރާތީ ކަމަށް ވަކީލު ބުނެފައިވެ އެވެ.

ސުޝާންތު އަމިއްލައަށް ދަންޖެހިގެން މަރުވެފައި ހުއްޓަ ފެނިފައިވަނީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް