"އިންޑިއާ އައުޓް" ކުރަން އައިއެސް ދިދަ ބޭނުންކުރާތީ ކަންބޮޑުވޭ: ރައީސް ނަޝީދު

އިންޑިއާ އާއި ދެކޮޅަށް ހިންގާ ހަރަކާތުގެ ދިދައަކަށް އައިސިސްގެ ކަޅު ދިދަ ބޭނުންކުރުމަކީ ކަންބޮޑުވާ ކަމެއް ކަމުގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވި...

09 Oct 2020 | 02:38

އިންޑިއާ އާއި ދެކޮޅަށް ހިންގާ ހަރަކާތުގެ ދިދައަކަށް އައިސިސްގެ ކަޅު ދިދަ ބޭނުންކުރުމަކީ ކަންބޮޑުވާ ކަމެއް ކަމުގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ހުކުރު ދުވަހުގެ ހެނދުނު ހެނދުނާ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެއީ ކަންބޮޑުވާކަމެއް ކަމަށާއި އެ ދިދައިގާ މިހާރު ވާ ލިޔުން، އައިސިސް ދިދައިގެ ލިޔުމަށް ބަދަލުކުރުމަށް ރޭވުމަކީ މި ބާވަތުގެ މުއާމަލާތުގެ އާންމު އުކުޅެއް ކަމަށް މާހިރުން ދެކޭކަމަށެވެ.

"ދިވެހިން ވިސްނާތި" ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

https://twitter.com/MohamedNasheed/status/1314386652383518720

އިދިކޮޅު ސިޔާސީ ދެ ޕާޓީ، ޕީޕީއެމާއި ޕީއެންސީން އިންޑިއާއާއި ދެކޮޅަށް ކުރިއަށް ގެންދަނީ "އިންޑިއާ އައުޓް" މިނަމުގައި ކުރިއަށްގެންދާ ކެމްޕޭނެކެވެ. މި ކެމްޕޭންގެ ބޭނުމަކީ ރާއްޖެ އިންޑިއާއަށް ވިއްކާލުމާއި، ރާއްޖެ އިންޑިއާގެ އަޅުވެތިކަމަށް ދިއުމުން ހުއްޓުވުން ކަމުގައި އިދިކޮޅުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް