ސިފައިންގެ ޓްރެއިނިންއެއް ހެދުމަށް ލ. ކައްދޫއަށް ގޮސް ތިބި ސިފައިންގެ ތެރެއިން އިތުރު 24 ސިފައިން ކޯވިޑް-19 އަށް ޕޮސިޓިވްވެ ޖުމުލަ އަދަދު 59 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި މައުލޫމާތައް ބަލާއިރު ކައްދޫން މިއަދު ވަނީ 24 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެފައި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮސިޓިވްވި ސިފައިން ތިބީ ގަމުގައި ސިފައިންގެ ތަމްރީންތައް ކުރިއަށް ގެންދާ ސަރަހައްދެއް ކަމަށްވާ ކަށިކޮލި ނުވަތަ ވައިޓްބޭގައި ކޭމްޕް ކޮށްގެންނެވެ. އެމީހުންގެ ތަމްރީންތައް ކުރިއަށް ގެންދަނީ ކައްދޫގައި ހުންނަ ސިފައިންގެ މަރުކަޒުންނެވެ.
ކައްދޫއަށް ދިޔަ ސިފައިންގެ ތެރެއިން ފުރަތަމަ 25 މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވީ މިމަހުގެ ތިން ވަނަ ދުވަހު އެވެ.
ސިފައިންގެ ތަމްރީންތައް ކުރިއަށް ގެންދާ ގިރިފުށިން ވެސް މީގެ ކުރިން ގިނަ އަދަދެއްގެ ސިފައިން ކޯވިޑް-19 އަށް ފައްސިވިއެވެ. އަދި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ސިފައިންގެ ތެރެއިންވެސް ބަޔަކު ޕޮސިޓިވްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް