ރާއްޖެއިން އިތުރު93 މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓީވްވި މީހުންގެ ތެރެއިން86 މީހުންނަކީ މާލޭ ސިޓީން ޕޮސިޓިވްވި މީހުންނެވެ. އަތޮޅު ތެރެއިން ހަތް މީހަކު ޕޮސިޓިވް ވެފައިވެ އެވެ.
މިއަދު ޕޮސިޓިވްވެފައިވަނީ 67 ދިވެހިންނާއި 26 ބިދޭސީންނެވެ.
މިހާރު ބައްޔަށް ފަރުވާ ދެމުންދަނީ 2،509 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 127 މީހުންނަށެވެ.
މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 6،288 މީހުންނެވެ.
ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު8،834 އަށް ވަނީ އިތުރުވެފައި އެވެ. އޭގެ ތެރެއިން 31 މީހުން ވަނީ މަރުވެފައި އެވެ
https://twitter.com/HPA_MV/status/1303743416539525120
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް