ޔޫއެފާ ޗެމްޕިއަންސް ލީގު 2020/2021 ގެ ގުރޫޕް ސްޓޭޖުގެ ގުރުއަތުލުން އަންނަ އޮކަޓޫބަރު މަހުގެ އެއްވަނަ ދުވަހު ބާއްވާ ގޮތަށް ޔޫއެފާއިން ހަމަޖައްފައިފިއެވެ.
2020/2021 ގެ ޗެމްޕިއަންސް ލީގް ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން އަންނަ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހު ބާއްވަން ނިންމި އިރު، މިކަމަށް ބޭއްވޭ ހާއްސަ ރަސްމިޔާތު އޮންނާނީ ސްވިޒްލެންޑުގެ ނިޔޯންގައި ހުންނަ ޔޫއެފާގެ މައި އިދާރާގައެވެ.
ޔޫއެފާއިން ބުނެފައިވަނީ 2020/2021 ގެ ޗެމްޕިއަންސްލީގު ގުރުއަތުލުމުގެ ރަސްމިޔާތުގައި ނިނިމިގެން ދިޔަ 2019/2020 ގެ ޗެމްޕިއަންސް ލީގު މުބާރާތުގެ ވަނަތައް ހޮވުންވެސް މި ރަސްމިޔާތުގެ ތެރެއިން ކުރިޔަށް ދާނެ ކަމަށެވެ.
އަދި ޔޫއެފާ ޔޫރޮޕާ ލީގް 2020/2021 ގެ ގުރުއަތުލުމުގެ ރަސްމިޔާތުވެސް އަންނަ އޮންޓޫބަރ 2 ވަނަ ދުވަހުގެ ރޭ ޔޫއެފާގެ މައި މަރުކަޒުގައި އޮންނާނެ ކަމަށާއި އަދި ހަމަ އެ ރަސްމިޔާތުގެ ތެރެއިން ނިމިގެން ދިޔަ 2019/2020 ގެ ޔޫރޮޕާ ލީގުގެ ވަނަތަށް ހޮވާ ޗަނަތަކަށް އެވޯޑް ހަވާލު ކުރުންވެސް އޮންނާނެ ކަމަށް ޔޫއެފާއިން ބުނެފައިވެއެވެ.
މި ރަސްމިޔާތު ބޭއްވުމަށް އެންމެ ފުރަތަމަ ނިންމާފައިވަނީ ގްރީސްގެ އެތެންސްގައެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އެއްވެސް ރަސްމިޔާތެއް އެތެންސްގައި ބޭއްވެން ނެތްކަމަށް ގްރީސްގެ ސިއްޚީ އިދާރާތަކުން އެންގުމާއި ގުޅިގެން ޔޫއެފާއިން ވަނީ ސްވިޒްލެންޑުގެ ނިޔޯންގައި ހުންނަ ޔޫއެފާގެ މައި އިދާރާއަށް މި ރަސްމިޔާތު ތަށް ބަދަލުކޮށްފައެވެ.
ޔޫއެފާއިން ބުނެފައިވަނީ މި ރަސްމިޔާތު ޔޫއެފާގެ މައި އިދާރާގައި ބޭއްވުނު ނަމަވެސް އެވޯޑް ތަށް ލިބޭ ފަރާތްތަށް ފިޔަވައި އިތުރު އެއްވެސް ފަރާތަކަށް މި ރަސްމިޔާތު ތަކަށް ނުވަދެވޭނެ ކަމަށެވެ. އެގޮތުން އެއްވެސް ޓީމެއްގެ އޮފިޝަލް އަކަށް ވެސް އަދި އެއްވެސް ނޫސްވެރިއަކަށް ވެސް މި ޔޫއެފާގެ މި ރަސްމިޔާތު ތަކަށްްް ނުވަދެވޭނެއެވެ.
ޔޫއެފާއިން ބުނެފައިވަނީ އެ އިދާރާއިން މިކަން މިގޮތަށް ހަމަ ޖެއްސީ ކޮވިޑް-19ގެ ނުރައްކާ އަދިވެސް ދުނިޔެއަށް ބޮޑުވެފައި ވުމާއި ގުޅިގެން އެކަމަށް އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް