ބަންގްލަދޭޝްއިން ރާއްޖެ އައި މީހެއްގެ އަތުން 4 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ބަންގްލަދޭޝްއިން ރާއްޖެ އައި މީހެއްގެ އަތުން 4 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ މިއީ ވައިގެ މަގުން ބަންގްލަދޭޝްއިން ރާއްޖެއައި އެ ޤައުމުގެ ރައްޔިތެއް ކ...

09 Sep 2020 | 15:53

ބަންގްލަދޭޝްއިން ރާއްޖެ އައި މީހެއްގެ އަތުން 4 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ މިއީ ވައިގެ މަގުން ބަންގްލަދޭޝްއިން ރާއްޖެއައި އެ ޤައުމުގެ ރައްޔިތެއް ކަމަށެވެ. އަދި އެއީ ޢުމުރުން 28 އަހަރުގެ ފިރިހެނެއް ކަމަށެވެ.

2020 ސެޕްޓެމްބަރ 08 ވަނަ ދުވަހުގެ ރޭ ރާއްޖެ އައި އެމީހާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްއަށް ޝައްކުކުރެވޭ ހިކިފަތްތަކެއް ފެނިގެން އެތަކެތި ފުރަތަމަ މަރުހަލާގައި ތަޙްލީލްކުރިއިރު ކެނަބިސް (Cannabis) އަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

އޭނާގެ ލަގެޖްގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގްއާއެކު 4.448 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު ގާތްގަޑަކަށް 3,558,400 (ތިން މިލިއަން ފަސް ލައްކަ ފަންސާސް އައްހާސް ހަތަރު ސަތޭކަ) ރުފިޔާއަށް އަރާ ކަަމަށްވެސް ބުންޏެވެ.

ކަސްޓަމްސް އިން ބުނީ މިމައްސަލައިގައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް