މިރޭ ކޯވިޑްގައި ދެވަނަ މީހަކުވެސް މަރުވެއްޖެއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފައިވާގޮތުގައި މިރޭ 08:15 ހާއިރު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި މަރުވެފައިވަނީ ހއ. ކެލާއަށް ނިސްބަތްވާ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިމީހާއަކީ ކެންސަރަށް ފަރުވާ ހޯދަމުންދިޔަ މީހެއް ކަމަށް އެޗްއީއޯސީން ބުނެއެވެ. އަދި މި މީހާ އަކީ ކޯވިޑް-19ގައި ރާއްޖެއިން މަރުވި 31 ވަނަ މީހާ ކަމުގައިވެސް އެޗްއީއޯސީން ބުނެއެވެ.
މިރޭ އިރާކޮޅު އުމުރުން 60 އަހަރުގެ ފިރިހެނަކުވެސް ކޯވިޑުގައި މަރުވެފައިވެއެވެ. އިރާކޮޅު މަރުވެފައިވަނީ ހުޅުމާލެ އައިސީޔޫގައި ފަރުވާ ހޯދަމުންދިޔަ މީހެކެވެ. އެއީ ކޯވިޑްގެ 30 ވަނަ މަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް