ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވި އިނގިރޭސި ޕްރިމިއާ ލީގުގެ ނިމިގެން ދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ އަށް ލިބިއްޖެއެވެ.
2015 ވަނަ އަހަރު ވުލްފް ބާގް އިން މެންޗެސްޓާރ ސިޓީއަށް ބަދަލުވި އުރުން 29 އަހަރުގެ ޑިބްރޭނާ އަށް ޕީއެފްއޭގެ އެވޯޑް ފުރަތަމަ ފަހަރު ލިބުނު އިރު، މިއީ ސިޓީގެ ކުޅުންތެރިއަކަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރުވެސް މެއެވެ.
މި އެވޯޑް އަށް ޑިބްރޭނާއާ އެންމެ ގާތުން ވާދަކޮށްފައިވަނީ ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކާއި، ޑިފެންޑަރު ޓްރެންޓް އަލެކްސަންޑަ-އާނޯލްޑާއި، ފޯވާޑް ސަޑިއޯ މާނޭ އާއި މިޑްފީލްޑަރު ޖޯޑަން ހެންޑަސަންގެ އިތުރުން ރަހީމް ސްޓާލިންއެވެ.
ކުޅުންތެރިންގެ މެދުގައި ނަގާ ވޯޓަކުން ހޮވާ މި އެވޯޑް ޑިބްރޭނާ އަށް ލިބުނު އިރު، އޭނާއަށް ވަނީ ނިމިގެން ދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ލިބިފައެވެ.
އޭނާ ވަނީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި ސިޓީއަށް 13 ލަނޑު ޖަހައިދިނުމުގެ އިތުރުން، 20 ލަނޑު ކާމިޔާބުކުރުމަށް އެހީތެރިވެފައެވެ.
މީގެ އިތުރުން ޑިބްރޭނާ ވަނީ މިހާތަނަށް ސިޓީއަށް ކުޅެދިން 152 މެޗުގައި 36 ގޯލު ޖަހައިދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް