ރޮނާލްޑޯގެ ކާމިޔާބީ އާއި ގުޅިގެން މާސެލޯގެ ތައުރީފް ރޮނާލްޑޯ އަށް

ރޮނާލްޑޯ އާއި އެކު ރެއާލް މެޑްރިޑުގައި ގިނަ އަހަރުތަކެއް ހޭދަކޮށް ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާ ބްރެޒިލް ޑިފެންޑާރ މާސެލޯ ރޮނާލްޑޯ އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފިއެވެ. ރޮނާލްޑޯއަށް ތައުރީފް ކޮށް ...

09 Sep 2020 | 09:50

ރޮނާލްޑޯ އާއި އެކު ރެއާލް މެޑްރިޑުގައި ގިނަ އަހަރުތަކެއް ހޭދަކޮށް ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާ ބްރެޒިލް ޑިފެންޑާރ މާސެލޯ ރޮނާލްޑޯ އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފިއެވެ.

ރޮނާލްޑޯއަށް ތައުރީފް ކޮށް މާސެލޯ އިންސްޓަގްރާމް މެދުވެރިކޮށް މެސެޖު ފޮނުވާފައި ވަނީ ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ސްވިޑެންއާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި ރޮނާލްޑޯ 100 ވަނަ ލަނޑު ހަމަކުރުމާއި ގުޅިގެންނެވެ.

" ހައި ކްރިސް، އަހަރެންގެ އެކުވެރިޔާ. އަހަރެންނަށް ފުޓްބޯޅަ އަކީ ކޯންޗެއްކަން ދަސްކޮށްދިން އެކުވެރިޔާ. އަހަރެން ވަރަށް އުފާކުރަން. ގައުމީ ޓީމަށް 100 ލަނޑު ހަމަކުރުމާއި ގުޅިގެން ވަރަށް ހޫނު މަރުޙަބާ އެއް ކިޔަން. އަހަރެންނަށް އެނގޭ ގައުމީޓީމަށް ތި ކޮށްދެނީ ކިހާ މުހިންމު ކަން ބޮޑު މަސައްކަތެއް ކަން. އުންމީދަކީ އަބަދުވެސް ތި ގޮތުގައި ކާމިޔާބު ކަމާއި އެކު ކުރިޔަށް ދިއުން. ކާމިޔާބަށް އެދެން" މާސެލޯގެ މެސެޖުގައި ބުނެފައިވެއެވެ.

2007 ވަނަ އަހަރު ރެއާލް މެޑްރިޑާއި ގުޅުނު މާސެލޯ ވަނީ ރޮނާލްޑޯއާއި އެކު ސްޕެއިންގެ ރެއާލް މެޑްރިޑުގައި 9 އަހަރު ހޭދަކޮށްފައެވެ. ރޮނާލްޑޯ ޔުވެންޓްސްއަށް ބަދަލުވި ނަމަވެސް މާސެލޯ އަދިވެސް ހުރީ ރެއާލް މެޑްރިޑްގައެވެ.

ދެ ގައުމުގެ ތަފާތު ދެ ކުލަބަކަށް ކުޅުނު ނަމަވެސް މި ދެ ކުޅުންތެރިންގެ މެދުގައި އޮންނަ ބަދަހި އެކުވެރިކަމުގެ ގުޅުމަށް ކުޑަވެސް ފަނޑުކަމެއް ނާދެއެވެ. ދެމީހުން އެކަކު އަނެކަކަށް ފޯނުން ގުޅާ ވާހަކަ ދައްކާ ކަމަށް ވެސް ވެއެވެ.

މާސެލޯ ވަނީ މިހާތަނަށް ރެއާލް އަށް 358 މެޗު ކުޅެދީ 26 ގޯލް ޖަހައިދީފައެވެ. އަދި ރެއާލް މެޑްރިޑް ފަހަކަށް އައިސް ހޯދަމުން އަންނަ ކާމިޔާބީތަކުގައި ވެސް މާސެލޯގެ ދައުރު ބޮޑެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް